އަހުމަދު މަސްނޫމް   24 އޮކްޓޯބަރު 2020 - 16:4
ށ. ފީވަކު ޕޮލިސް ސްޓޭޝަނުން އެރަށުގައި ހުރި ފިހާރަތަކަށް ޒިޔާރަތްކޮށް ވިޔަފާރިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގެ ތެެރެއިން
ށ. ފީވަކު ޕޮލިސް ސްޓޭޝަނުން އެރަށުގައި ހުރި ފިހާރަތަކަށް ޒިޔާރަތްކޮށް ވިޔަފާރިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގެ ތެެރެއިން
ށ. ފީވަކު ޕޮލިސް ސްޓޭޝަނުން އެރަށުގައި ހުރި ފިހާރަތަކަށް ޒިޔާރަތްކޮށް ވިޔަފާރިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އޮކްޓޫބަރު 22 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ވިޔަފާރިވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ފިހާރަތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ދީ ހޭލުންތެރިކުރުވާފައިވެއެވެ. އެގޮތުން ބިދޭސީންނަށް ލޭންދޭނަށް ދޫކުރާތަކެއްޗަށް ބައެއް ފަހަރު އެމީހުން ފުރައިގެން ދާއިރުވެސް ފައިސާ ނުދައްކާ ފުރައިގެން ދިއުން ފަދަ ކަންކަން ފާހަގަކުރެވިފައިވާތީ ބިދޭސީންނަށް ތަކެތި ދޫކުރާނަމަ ވަކި އަދަދަކަށްވުރެ އިތުރަށް ދޫނުކުރުމަށާއި މަކަރާއި ހީލަތުން ރީލޯޑް އަދި ރާސްޓަސް ހޯދާ މައްސަލަތައް ފާހަގަކުރެވިފައިވާތީ އެފަދަ ކަންކަމަށް އިތުރަށް ސަމާލުވުމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

މީގެއިތުރުން ފިހާރަތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް މައުލޫމާތު ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން