ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވޭތުވެދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ރެކޯޑް އަދަދަކަށް ބޭރު ފައިސާ ވިއްކާފައިވާކަން އެ ބޭންކުން ހާމަކޮށްފިއެވެ.
ބޭންކުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ބީއެމްއެލް އިން ވަނީ ކަސްޓަމަރުންނަށް ޖުމްލަ 1.7 ބިލިއަން ޑޮލަރު ވިއްކާފައެވެ. މިއީ އޭގެ ކުރީގެ ދެ އަހަރާއި ބައިގެ މުއްދަތު ކަމަށްވާ ޖުލައި 2021 އިން ޑިސެންބަރު 2023 އާ އަޅައިބަލާއިރު 77 އިންސައްތަ ނުވަތަ 741 މިލިއަން ޑޮލަރުގެ ބޮޑު އިތުރުވުމެކެވެ. މީގެ ތެރޭގައި ކާޑު މުއާމަލާތްތަކާއި، ޓެލްގްރެފިކް ޓްރާންސްފަރސް (ޓީޓީ)، ތަޢުލީމާއި ބޭސްފަރުވާގެ އިތުރުން ދަތުރުފަތުރުގެ ބޭނުންތަކަށް ވިއްކި ޑޮލަރު ހިމެނެއެވެ.
ކަސްޓަމަރުންގެ ހުރިހާ ބޭނުންތަކަކަށްވެސް ޑޮލަރު ވިއްކާ މިންވަރު އިތުރުވަމުންދާއިރު، އެންމެ ބޮޑު ކުރިއެރުމެއް ފެންނަނީ ކާޑު މުއާމަލާތްތަކުންނެވެ. އެގޮތުން ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ދިވެހި ރުފިޔާ އެކައުންޓުތަކުން ކުރި ކާޑު މުއާމަލާތްތަކަށް 870 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. މިއީ އޭގެ ކުރީގެ ދެ އަހަރާއި ބައިގެ މުއްދަތާ އަޅައިބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2021 ވަނަ އަހަރު މި ބޭނުމަށް މަހަކު އެވްރެޖްކޮށް 10.7 މިލިއަން ޑޮލަރު ވިއްކާފައިވީ ނަމަވެސް، މިއަހަރު އެވްރެޖްކޮށް މަހަކު 37.8 މިލިއަން ޑޮލަރު މިދަނީ ވިއްކަމުންނެވެ. ހަމައެހެންމެ، ޓީޓީ ފޮނުވުމަށް 2023 ވަނަ އަހަރު މަހަކު 10.2 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މިއަހަރު ބޭންކުން މިދަނީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 28 މިލިއަން ޑޮލަރު ވިއްކަމުންނެވެ.
ރާއްޖޭން ބޭރުގައި ކިޔަވާ ކުދިންނަށާއި ބޭސްފަރުވާގެ ޚިދުމަތް ހޯދާ އާއިލާތަކަށް ބޭންކުން ފޯރުކޮށްދޭ އެހީތެރިކަންވެސް ވަނީ ފާއިތުވި އަހަރުތަކުގައި ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން 2023 ވަނަ އަހަރު މި ބޭނުންތަކަށް މަހަކު 2.9 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، 2024 ގައި އެ އަދަދު 4 މިލިއަން ޑޮލަރަށް އަދި 2025 ގައި 5 މިލިއަން ޑޮލަރަށް ވަނީ އުފުލިފައެވެ. އަދި މިއަހަރު ބޭންކުން އަންނަނީ މި ބޭނުންތަކަށް މަހަކު 5.8 މިލިއަން ޑޮލަރު ވިއްކަމުންނެވެ. މީގެ އިތުރުން، ދަތުރުވެރިންނަށް ނަގުދު ފައިސާގެ ގޮތުގައި ޑޮލަރު ވިއްކާ މިންވަރުވެސް ވަނީ 70 އިންސައްތަ އިތުރުވެފައެވެ. ޖަނަވަރީ 2021 އިން ޑިސެންބަރު 2023 އަށް 155 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، ޖަނަވަރީ 2024 އިން ޖޫން 2026 އަށް 264 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ.
ބޭންކުން ބޭރު ފައިސާ ވިއްކާ މިންވަރު ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ވަނީ ގާތްގަނޑަކަށް ހަތަރު ގުނަ އިތުރުވެފައެވެ. 2021 ވަނަ އަހަރު މަހަކު އެވްރެޖްކޮށް 21 މިލިއަން ޑޮލަރު ވިއްކާފައިވީ ނަމަވެސް، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މި އަދަދު ވަނީ މަހަކު 80 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.
މިއަދަދުތަކުން ހާމަވެގެންދަނީ ރާއްޖޭގެ ބޭރު ފައިސާގެ ބޭނުންތައް ފުއްދައިދިނުމުގައި ބީއެމްއެލްއިން ބަހައްޓާ ސާބިތުކަމެވެ. ބޭރު ފައިސާއަށް އޮންނަ ޑިމާންޑް އިތުރުވަމުންދާ ދަނޑިވަޅެއްގައިވެސް، ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތައް ކަމަށްވާ ތަޢުލީމާއި، ބޭސްފަރުވާ އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މުއާމަލާތްތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް ބޭންކުން އަބަދުވެސް ހާއްސަ އިސްކަމެއް ދޭނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު