އ.ދ ގެ ސަބަބުން ގައުމުތައް ގުޅިގެން މަސައްކަތްކުރުމަށް އިތުރު ބާރަކަށްވެގެންދިޔަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އ.ދ ދުވަހުގެ މުނާސަބަތުގައި މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ރައީސް އިބްރާހިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އ.ދ ގެ ސަބަބުން ގައުމްތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސުލްހަވެރިކަމާއެކު ގުޅިގެން މަސައްކަތްކުރުމަށް ބިންގާއެޅިގެންދިޔަކަމަށެވެ.
ގައުމުތަކަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ގުޅިގެން ރައީސް ވަނީ ކޮވިޑް-19ގެ ހާލަތުން މިސާލު ދައްކަވާފައެވެ. ކޮވިޑް-19 އިން އަރައިގަތުމަށް ކުރަމުންދާ މަސައްކަތުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވަނީ އ.ދ ކަން ރައީސް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު، ވިދާޅުވީ ގުޅިގެން މަސައްކަތްކުރުމުގެ ރޫހު ކޮވިޑް-19 ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުން ދައްކުވައިދީފިކަމަށެވެ. އ.ދ ދުވަސް ފާހަގަކުރެވެމުންދާއިރު، ރާއްޖެއަކީ ހިންގުންތެރި މެންބަރެއްކަން ފާހަގަކޮށް، އ.ދ ގެ މެންބަރު ގައުމަކަށްވީތީ އުފާ ކުރައްވާކަމަށް ރައީސް އިބްރާހިމް ވިދާޅުވިއެވެ.
އދ. ދުވަސް ފާހަގަކުރެވެނީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އ.ދ އުފެދުނީ 1945 ވަނަ އަހަރުގެ އޮކުޓޫންބަރު މަހުގެ 24 ވަނަ ދުވަހުއެވެ. ރާއްޖެއިން އ.ދ އާ ގުޅުނީ ރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުނުތާ 56 ދުވަސް ފަހުން، 1965 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 21 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު