އެކި ޤައުމުތަކުގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށްފަހު ރާއްޖެ އެނބުރި އަންނަ މީހުންނާއި، ގެނެވޭ މީހުން ބެއިތިއްބުމަށް ޚާއްސަ ސެންޓަރެއް ޤާއިމްކޮށްފިއެވެ.
ހޯމް މިނިސްޓްރީން ބުނީ ޓެރަރިޒަމް މަނާކުރާ ޤާނޫނުގެ ދަށުން ޤާއިމްކުރި މިސެންޓަރު ހަދާފައިވަނީ ކ. ހިންމަފުށީގައިކަމަށެވެ. އަދި އެމަރުކަޒުގައި ފުރަތަމަ ފަހަރަށް މީހަކު ބަންދުކޮށްފައިވާކަމަށްވެސް ހޯމް މިނިސްޓްރީން ބުނެއެވެ.
ހޯމް މިނިސްޓްރީން ބުނީ އެތަނުގައި ބަންދުކޮށްފައިވަނީ ހަނގުރާމަވެރި ސަރަޙައްދެއްގައި އުޅުމަށްފަހު، މިމަހުގެ 15 ވަނަ ދުވަހު އެނބުރި ދިވެހިރާއްޖެ އައި އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކުކަމަށެވެ. އަދި އޭނާ ކޯޓު އަމުރެއްގެ ދަށުން 30 ދުވަހަށް ބަންދުކޮށްފައިވަނީ ރިސްކް އެސެސްމެންޓް ހެދުމަށްޓަކައިކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ޤާއިމުކުރަންޖެހޭ މަރުކަޒުތައް ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި ޤާއިމުކޮށް، އެންޓި ޓޯޗަރ ޤާނޫނުގެ 17 ވަނަ މާއްދާގެ ދަށުން، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަންދުކުރާ ތަނެއްގެ ގޮތުގައި އެތަން ކަނޑައަޅާ އެކަން އިއުލާން ކޮށްފައިވަނީ މި މަހުގެ 22 ވަނަ ދުވަހުގައެވެ.
ހޯމް މިނިސްޓްރީން ބުނީ މިއީ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު އެނބުރި ރާއްޖެ އަންނަ މީހުންގެ ނުރައްކަލުން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށާއި، އެފަދަ މީހުން ޝަރީޢަތުގެ ކުރިމަށްޗަށް ގެނެސް ޤާނޫނުގައި އެފަދަ ކަންކަމަށް ކަނޑައެޅިފައިވާ އަދަބު ދިނުމަށްޓަކައި ކުރެވޭ މަސައްކަތަށް ލިބިގެންދިޔަ ކުރިއެރުމެއްކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު