އެމްއެމްޕީއާރުސީ ޚިޔާނާތާ ގުޅިގެން ސުވާލުކުރުމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ބުރާސްފަތިދުވަހު އެއްވެސް ކޮމިޝަނަކަށް ހާޒިރުކޮށްފައިނުވާ ކަމުގައި އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިހެން ބުނީ ޢަބްދުއްރަޙީމް ޢަބްދުﷲ މިދިޔަ ބުރާސްފަތިދުވަހު ތަހުގީގަށް ރިޔާސީ ކޮމިޝަނަށް ހާޒިރުކުރި ކަމަށް ބުނެ، ބައެއް މީޑިޔާތަކުން ޚަބަރު ފަތުރާފައިވަނިކޮށެވެ. އެމްއެމްޕީއާރުސީ ޚިޔާނާތާއި ޢަބްދުއްރަޙީމް ބައްލަވައިގެންފައިވާ އެޕާޓުމެންޓަކާ ގުޅޭ ގޮތުން ސުވާލުކުރުމަށް އޭނާ ބުރާސްފަތިދުވަހު ކޮރަޕްޝަނުގެ މައްސަލަތައް ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ހާޒިރުކުރި ކަމަށް މީޑިޔާތަކުން ރިޕޯޓްކޮށްފައިވެއެވެ.
އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާން ހީނާ ވަލީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީ ޚިޔާނާތާ ގުޅިގެން ސުވާލުކުރުމަށް ފާއިތުވި ބުރާސްފަތިދުވަހު ޢަބްދުއްރަޙީމް އެއްވެސް ކޮމިޝަނަކަށް ހާޒިރުކޮށްފައިނުވާ ކަމަށެވެ.
އިދިކޮޅު އިއްތިހާދުން ބުނީ މި ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަށް ބިރުދެއްކުމަށް ސަރުކާރުން ކޮރަޕްޝަނުގެ ތުހުމަތުތައް އުފައްދައި އެ ތުހުމަތުތައް އެފަރާތްތަކަށް އަމާޒުކުރަމުންދާ ކަމަށެވެ. ރައީސް އިބުރާހީމް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން އެކަށީގެންވާ ނަތީޖާ ނުނެރެވޭ ކަމަށް ބުނެ އެ ކޮމިޝަނަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ވަރަށް އަވަހަށް އިތުރު ފަރާތްތަަކެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވާނެ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ ބުނެފައެވެ.
އެމްއެމްޕީއާރުސީ ޚިޔާނާތާ ގުޅިގެން ދައުވާކޮށްފައިވަނީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީނާއި، ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ މައްޗަށް އެކަނި ކަން ފާހަގަކޮށްލެވެއެވެ.އެމްއެމްޕީއާރުސީ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި 300 އަށްވުރެ ގިނަ މީހުންގެ ނަން ހިމެނޭ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ހާމަކުރި ނަމަވެސް އެ ފަރާތްތަކުގެ މައްސަލައިގެ ތަހުގީގު އެދެވޭގޮތުގައި ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު