ރާއްޖޭގައި ކުނި މެނޭޖްކުރުމަށްޓަކައި ބޭނުންވާ ޒަމާނީ ފެސިލިޓީތައް ގާއިމްކުރުމަށާއި، އެ ނިޒާމުތައް ހިންގުމަށް ބޭނުންވާ މާލީ ތަނަވަސްކަން މި ސަރުކާރުގައި ނެތްކަން މިއަދު ވަރަށް ސާފުކޮށް ހާމަވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒް ހުށަހެޅުއްވި ކުނި މެނޭޖްކުރުމުގެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު މައުރޫފް ވަނީ ކައުންސިލްތަކަށް މިކަމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައިފަ އެވެ.
މެންބަރު ފާހަގަކުރެއްވި ގޮތުގައި، ރަށްރަށުގައި ކުނި މެނޭޖްކުރުމަށް ފެސިލިޓީތައް އިމާރާތް ކުރުމަކީ ބޮޑު ހަރަދެއް ހިނގާ ކަމަކަށްވާއިރު، އެތަންތަން ގާއިމްކުރުމަށް ފަހު ވެސް ކައުންސިލްތަކަށް ލިބޭ އާމްދަނީން އެ ރަށެއްގެ ކުނި މެނޭޖްކުރުމުގެ ކަންކަން ހަމަޖެއްސުމަށް ވަނީ ދަތިވެފަ އެވެ. މި ބިލަކީ އެކަމަށް ހައްލުތަކެއް ހޯދައިދިނުމުގެ ގޮތުން ކައިރި ރިސޯޓްތަކާއި އިންޑަސްޓްރިއަލް ރަށްރަށުން އުފެދޭ ކުނި މެނޭޖްކުރުމުގެ ފުރުސަތު ގާނޫނީ ގޮތުން ކައުންސިލްތަކަށް ފަހިކޮށްދިނުމަށް ހުށަހެޅި އިސްލާހެއްކަމަށް މައުރޫފް ވިދާޅުވި އެވެ.
މިކަން ކާމިޔާބު ކުރުމަށްޓަކައި ކައުންސިލްތަކަށް ފަސޭހަވާނެ އިންތިޒާމުތަކެއް ހަމަޖައްސަންޖެހޭ ކަމަށާއި، ހާއްސަކޮށް މާލިއްޔަތު ގާނޫނުގައި ހުރި ދަތިތަކުން ކައުންސިލްތައް ސަލާމަތްކުރަންޖެހޭ ކަމަށް މެންބަރު ވިދާޅުވި އެވެ. އަދި ކުނި މެނޭޖްކުރާ ބިންތައް ދޫކުރުމާއި އިމާރާތް ކުރުމުގައި ކައިރީގައި ހުރި ރިސޯޓްތަކާއެކު ކްރޮސް ސަބްސިޑީ ނުވަތަ ސީއެސްއާރުގެ އުސޫލުން މަސައްކަތްތައް ކުރިއަށް ގެންދެވޭނެ މަގުފަހިކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، ރިސޯޓްތަކުގެ ކުނި މީހުން ދިރިއުޅޭ ރަށްރަށަށް ގެނައުމުގައި އާންމު ރައްޔިތުންނަށް އުނދަގޫ ނުވާނެހެން، އަދި އެކަހެރިކޮށް އެކަން ކުރެވޭނެ އިންތިޒާމްތައް ގަވާއިދުތަކުގެ ތެރެއިން ލާޒިމްކުރުމަކީ މުހިއްމު ކަމެއް ކަމަށް މެންބަރު ވިދާޅުވި އެވެ. ރަށުގެ ކުނި ކޮށިތަކަކީ އާންމު ސަރަހައްދުތަކާ ދުރުގައި ހުންނަ ތަންތަނަށްވުމުން، އެތަންތަނަށް ޚާއްސަ ޖެޓީއެއް ހަދައިގެން ކުނި ބާލައި އަރުވާ ހެދޭނެ ނިޒާމެއް ގާއިމްކުރުމުގެ މުހިއްމުކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ރިސޯޓްތަކުގެ ކުނި މެނޭޖްކުރުމުގެ ތެރޭގައި ރަށުގެ ގޭބިސީތަކުން އުފެދޭ ކުނި މެނޭޖްކުރުމަށް ކައުންސިލަށް ބުރަނުވާނެ އުސޫލުތަކެއް ކަނޑައެޅުމަށް ވެސް މެންބަރު ގޮވާލެއްވި އެވެ.
ރާއްޖޭގައި އަހަރަކު އުފެދޭ ކުނީގެ މިންވަރު ފަސް ލައްކަ ޓަނަށްވުރެ އިތުރުވެފައިވާއިރު، މިހާރު ވެސް ކުނި މެނޭޖްކުރުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަން އެންވަޔަރަންމަންޓް މިނިސްޓްރީން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު