ސްޕެއިންގެ ތާރީޚީ ދެކްލަބް ކަމަށްވާ ރެއާލް މެޑްރިޑާއި، ބާސެލޯނާ ރޭ ބައްދަލުކުރި އެލް ކްލެސިކޯގެ މެޗް ފަސޭހަކަމާއެކު ކާމިޔާބުކޮށް ރެއާލް މެޑްރިޑް ޓޭބަލްގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.
ބާސެލޯނާގެ ކޭމްޕް ނޯގައި ކުޅުނު މެޗު ރެއާލް އިން ކާމިޔާބުކުރީ 1-3 ނަތީޖާ އަކުންނެވެ. މި މެޗުގެ ފަސް ވަނަ މިނިޓްގައި ރެއާލަށް ލީޑުނަގައިދިނީ އުރުގުއޭގެ މިޑްފީލްޑަރު ފެޑެރީކޯ ވަލްވޭޑޭ އެވެ. ނަމަވެސް ރެއާލްއިން ލީޑު ނެގިތާ ތިން މިނެޓް ފަހުން ބާސާގެ 17 އަހަރުގެ ފޯވަޑް އަންސޫ ފަޓީ ނަތީޖާ ހަމަހަމަކޮށްދިނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ.
މެޗުގައި ދެވަނަ ފަހަރަށް ރެއާލް އިން ލީޑް ނެގީ ލިބުނު ޕެނަލްޓީ އަކުންނެވެ. ބާސާގެ ކްލެމެންޓް ލެންގްލޭ އޭރިއާތެރެއިން ރެއާލްގެ ކެޕްޓަން ރާމޯސްއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު މި ޕެނަލްޓީ ގޯލްގެ ތެރެއަށް ފޮނުވާލައިގެން މި ގޯލް ރެއާލް އަށް ކާމިޔާބު ކޮށްދިނީވެސް ރާމޯސްއެވެ. ރެއާލްގެ ތިންވަނަ 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކްރޮއޭޝިއާގެ ކެޕްޓަން މޮޑްރިޗް އެވެ.
މި ނަތީޖާއާ އެކު 13 ޕޮއިންޓާއެކު ޓޭބަލްގެ އެއްވަނައިގައި ރެއާލް އޮތް އިރު، ބާސެލޯނާ އޮތީ 7 ޕޮއިންޓާއެކު 12 ވަނައިގައެވެ.

ކިޔުންތެރިންގެ ހިޔާލު