ކިންގްޑަމް އޮފް ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޖިނާޙް، ތައިލެންޑުގެ ރަސްގެފާނަށް ފަތްކޮޅު އަރުވަނީ
ކިންގްޑަމް އޮފް ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޖިނާޙް، ތައިލެންޑުގެ ރަސްގެފާނަށް ފަތްކޮޅު އަރުވަނީ
ކިންގްޑަމް އޮފް ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ޖިނާޙް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ތައިލެންޑުގެ ރަސްގެފާނަށް އަރުވައިފިއެވެ.

ދިވެހި ސަފީރުގެ ފަތްކޮޅު ތައިލެންޑުގެ ރަސްގެފާނު މަހާ ވަޖިރަލޮންކޯންއަށް އެރުވުން އޮތީ ތައިލެންޑުގެ ޝާހީ ގަނޑުވަރުގައި އިއްޔެ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ތައިލެންޑު ރަސްގެފާނަށް ފަތްކޮޅު އެރުވުމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ ދިވެހި ސަފީރު މުހައްމަދު ޖިނާހުއަށް މަރުޚަބާ ދަންނަވާފައެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮތް ސިޔާސީ އަދި ވިޔަފާރީގެ ގުޅުންތައް ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނޭކަމަށް އުއްމީދުކުރައްވާކަމަށް ޝާހިދު ވިދާޅުވިއެވެ.



ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކިންގްޑަމް އޮފް ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، މައްޗަންގޮޅި ތިބްރޯޒް މުޙައްމަދު ޖިނާހު ޢައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ 12 ވަނަ ދުވަހުއެވެ. މުޙައްމަދު ޖިނާޙް މީގެކުރީން ހުންނެވީ ގްރީން ޕެރެޑައިސް ޕްރައިވެޓް ލިމިޓެޑް ގްރޫޕްގެ ޖެނެރަލް މެނޭޖަރުގެ މަޤާމުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން