މިދިޔަޖޫންމަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ އެންމެންގެ ސަމާލުކަން ލިބިގެންދިޔައީ އޭގެކުރީ ރޭ ހުޅުމާލޭ ސަފާރީއެއްގައި ހިނގިކަމަށް ބުނާ ކަންތައްގަނޑަކަށެވެ. ވެގެން އުޅެނީ ކޮންކަމެއްކަން ރަނގަޅަށް ނޭނގުނަސް، ހުޅުމާލޭގައި އޮތް ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރިކަމުގެ އަޑުތައް ވަރަށް ގަދައަށް ފެތުރެން ފެށިއެވެ. އަދި އެކަމުގައި ޝާމިލުވަނީ މިސަރުކާރުގެ މަދަދު ލިބޭ "ޕޮލިޓިކަލީ ޕަވަރފުލް" ނުވަތަ ސިޔާސީގޮތުން ނުފޫޒުގަދަ ބައެއްކަމަށް ބުނާ އަޑުތައްވެސް އަނެއް ދުވަހުގެ އިރު މެދުގައި ޖެހުނުއިރު އޮތީ މީސް މީޑިއާގައި ފަޅާ އަރުވާ ލާފައެވެ. އެއީ ހަގީގަތަކަށް ވިޔަސް ނުވިޔަސް ރަށު އެންމެންގެ ތެރޭގައި ދިޔައީ އެވާހަކަ ކިޔަމުންނެވެ.
ކަމުގެ ހަޤީޤަތް ތިލަވަމުން، ފެންމަތިވަމުން ދިޔަލެއް ބާރުކަމުން އެކަން ކުރީ ރޯޔަލް ފެމިލީއަކަށް ނިސްބަތްވާ ބޭފުޅުން ކޮޅެއްކަމުގައި ވެސް ވާހަކަ ދެކެވެން ފެށިއެވެ. ކިތަންމެ ސިއްރުން ކުރިއަސް އަދި އެކަން ކުރި ކަމަށް ބުނާ މީހުން ފުލުހުންގެ އަތްދަށުން ދެމިގަނެގެން ވަލުދޮށޯށިން ނުކުމެގެން ދިޔަ ނަމަވެސް އެމީހުންނަކަށް އަދި ހަމަ ސަލާމަތް ވެވޭނެ ގޮތެއް ނުވެއެވެ. އެއަޑު ކަނޑުވާލެވޭތޯ ލައްކަ މަސައްކަތް ވެސް ކޮށްފިއެވެ. އެކަމަކު ހަމަ ދުވަސްދުވަސްކޮޅުން އަދި ހަމަ އެބަ ހިލިގަނެއެވެ. އެވާހަކަ އޮއްބާލަން ވެގެން ވާހަކަ އަނބުރާލަންވެގެން އެއީ އިމްރާނު ވިދާޅުވި ފަދަ ނުހިނގާ ކަމަކަށް ހަދަން ވަރުގަދަ އިންޓަރވިއުއެއް ވެސް ޖެހިއެވެ. އަދި އެވާހަކަ ފުރަތަމަ ލިޔުނު ފަރާތްލައްވާ ބަޔާން ނެރެ އެއީ ހުސް ދޮގު ކަމަށް ވެސް ބުނުވިއެވެ. ނަމަވެސް މިއަދު އެންމެ ވަރުގަދަ އަށް އެވާހަކަ ލިޔަނީ އެކަން ދޮގުކޮށް ކެންޔާގެ އަންހެން މީހާ ދިން ކަމަށްބުނާ އިންޓަރވިއުއެއް ޖެހި ނޫހުންނެވެ. ވަގުތު ޖެހުނީމާ ކަންކަން ފެންމަތުވަމުންދާ ގޮތް ނިކަން ބައްލަވާށެވެ.
ސަފާރީގައި ހިނގި ކަންތައްތަކާ ގުޅޭގޮތުން ދައުލަތުގެ ކަމާބެހެ އިދާރާތަކުންނާއި ކަމާބެހޭ ބޭފުޅުންނާއި އެކަން ދަންނަ ކަމަށް ބުނާ މީހުން ދައްކަނީ އެކި ވާހަކައެވެ. އެއް ބަޔަކު ބުނަނީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރީ ކަމަށެވެ. އަނެއް ބަޔަކު ބުނަނީ އަންހެން މީހާއަށް ޖިންސީ ފުރައްސާރަ ކުރީކަމަށެވެ. އަނެއް ރިވާއެއްގައި ވަނީ ހަމަ ސީދާ ރޭޕް ކުރީ ކަމަށެވެ. ފުލުހުންވެސް ބުނަނީ އެއީ ރޭޕެއް ނޫންކަމަށެވެ. ނަމަވެސް ޔަޤީންވާ ކަމަކީ އެ އަންހެން މީހާގެ ނުރުހުމުގައި އޭނާގެ ގައިގައި އަތްލިކަމެވެ. އަތްލީ ކޮންތާކުކަންވެސް ގިނަ ބަޔަކަށް މިހާރު އެނގެއެވެ. އަދި އޭނާގެ ވަކީލުން މިހާރު އެވަނީ އަތްލި ތަންތަނާއި ހެދި ގޮތްވެސް ތަފުސީލުކޮށްލިޔެ ރައްޔިތުންގެ މަޖިލީހަށް ވެސް އެވާހަކަ ހުށައަޅާފައެވެ. މަޖިލީހުގެ ކޮމިޓީއަކުން ނިކަން ބާރުލާފައި އޭރު އެމައްސަލަ ބަލައި ތަހުގީގު ކުރަން އުޅުނެވެ. ބޯޑުގެރި ވަޅުން ނަގާން ސައްލާ ކުރާހެން ސައްލާ ކޮށްވެސް ހެދިއެވެ. އެންމެ ފަހުން އަނިޔާ ލިބުނު ކަމަށް ބުނާ ބޭރު އަންހެން މީހާ ގޮތް ހުސްވެގެން ރަށަށް ފުރައިގެން ދިޔައިރުވެސް އެވެރިން ތިބީ ސައްލާގައެވެ. ދެން ފަހުން އެކަން ހަނދާން ވެސް ނެތެވެ.
ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ހިނގި ކަންތައްތަކުގެ ވާހަކަ އަނެއްކާވެސް މީހުން ދައްކަން ފަށާފައި މިވަނީ، އެމައްސަލައާ ގުޅޭގޮތުން މުޖްތަމަޢުގެ އަމަންއަމާންކަން ބެލެހެއްޓެވުމާ ހަވާލުވެ ހުންނެވި ވަޒީރު، އާދެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ދެއްކެވި ވާހަކަތަކަކާ ގުޅިގެނެވެ. ރޭޑިއޯއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ރައްޔިތުން މާބޮޑުކަމަކަށް ހަދައިގެން އުޅުނަސް، ސަފާރީގައި ހިނގާފައި ވަނީ މާބޮޑު ކަމެއް ނޫންކަމަށެވެ. ފަހަރެއްގައި މިނިސްޓަރ އެ ދައްކަވަނީ މިނިސްޓަރ އެފަދަ ކަންކަން މިނެކިރާ ވަޒަނުން ބައްލަވައިގެން ކަމަށްވާނަމަ އެއީ ތެދު ވާހަކއަކަށްވެސް ވެދާނެއެވެ. ނަމަވެސް މައްސަލަ ބޮޑުވެގެން މިއުޅެނީ ފުލުހުން ބަލަމުންދާ މައްސަލައެއް، އަދި ނުނިމޭ މައްސަލައެއްގެ ފައިސަލާ ހޯމް މިނިސްޓަރު އިއްވެވުމުންނެވެ. ވިކްޓިމްގެ ވަކީލުން ބަޔާނަށް ބަލާއިރު އެ އަންހެން މީހާއަށް ކޮށްލީކީއެއް އާދައިގެ ވަރެއް ނޫންކަން އެނގިއްޖެއެވެ. އަދި އެއީ އެއްވެސް ބަފަޔަކު ނޫނީ މަޔަކު އޭނާގެ އަންހެން ދަރިއަކަށް ވާން އެދޭނެ ގޮތެއް ނޫނެވެ. ނަމަވެސް ވަޒީރު އިމްރާނަށް އެވަރުވެސް ވިސްނި ވަޑައެއް ނުގަތެވެ.
އަޑުގެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، "އަޅުގަނޑަށް ދަންނަވަން ކެރިދާނެ ޢާންމު ޕަބްލިކް ތަނެއްގަ ހުރަފަވެސް ބައެއްގެ ތެރޭގަ ހުރެފަވެސް މީހަކަށް ކޮށްލެވޭނެ ކަމެއް ކުރި ވާހަކަ މިދެންނެވީ. އަދި ކުރީމަ ކުރިކަންވެސް ނޭގޭނެވެސް ކަމެކޭ ހިނގާފަ މިއޮތީ."
މިއީ އިމްރާން ބޭނުންކުރެއްވި އިބާރާތެވެ. އިމްރާން ވިދާޅުވާ ގޮތުންނަމަ ސަފާރީގައި ހިނގީ އާއްމު ތަނެއްގައިވެސް ހިނގާފާނެފަދަ "އާދައިގެ" ކަމެކެވެ. ނަމަވެސް އިމްރާން ހަމަ އެނޭވާގައި ދެން ދެއްކެވި ވާހަކައިން އެވިދާޅުވާން އުޅުއްވަނީ އާންމުންގެ ތެރޭގައި ވިދާޅުވާން ކެރިވަޑައިގަންނަވާ ޒާތުގެ ވާހަކައެއް ނޫންކަން ހާމަވެގެންދެއެވެ. އިމްރާން ވިދާޅުވީ "އަޅުގަނޑަށް ސީދާ ފަސޭހައެއް ނޫން އެ ހިނގާފަ އޮތް ކަންތައް ނުވަތަ އެ އިބާރާތް ބުނާކަށްވެސް،" މިހެނެވެ.
އިމްރާން ވިދާޅުވާ ގޮތުންނަމަ ސަފާރީގައިވެސް ހިނގީ އާއްމު ތަނެއްގައިވެސް ހިނގާފާނެފަދަ ކުޑަކަމެކެވެ. ނަމަވެސް އެކަމުގެ ގޮތުން އޭގެ ތަފްސީލް ދެއްވާކަށް ވެސް އަދި ހިނގާދިޔަ ކަމެއްގެ ވާހަކަ ވިދާޅުވާން ކެރިވަޑައި ނުގަންނަވާހާވެސް އެ ހިނގިކަމެއް ބޮޑުކަމަށް ހަމަ އިމްރާން ވިދާޅުވެއެވެ.
އިމްރާން ދެއްކެވި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު މިހާރު ދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. ބައެއް މީހުން ބުނެވައިވާ ގޮތުން އަންހެނުންނަށް ކުރާ ޖިންސީ އަނިޔާއާއި ފުރައްސާރައަކީ ކުޑަކަމެއްގެ ގޮތުގައި މިސަރުކާރުން ގަބޫލު ކުރުމަކީ ލަދުވެތިކަމެކެވެ. އަދި އަންހެނަކަށް ޖިންސީ ގޯނާކުރުމުން އެއީ ކުޑަކަމެއްކަމަށް ދައުލަތުގެ ވަޒީރަކު، ޚާއްސަކޮށް އެފަދަ ކަންކަން ހުއްޓުވަން ހުންނަވާ ވަޒީރަކު ވިދާޅުވުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްކަމަށް ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. އަދި ހޯމް މިނިސްޓަރުކަމުގެ މަޤާމުން އިމްރާން އިސްތިއުފާދެއްވަން ޖެހޭނެކަމަށް ބުނެ ގިނަ ބަޔަކު ދަނީ އަޑުއުފުލަމުންނެވެ.
އަންހެނަކަށް ޖިންސީ ގޯނާ ނުވަތަ ޖިންސީ ފުރައްސާރަކުރި މައްސަލައެއްގައި އިމްރާން މިފަހަރު މިއޮތީ ހަމަ ރަނގަޅަށްވެސް ހޫނު ފެނަށް ވެއްޓިފައެވެ. އިމްރާންގެ ސަބަބުން މުޅި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ މިވަނީ ބަދުނާމު ވެފައެވެ. މިކަމުގައި އިމްރާނާ ދެކޮޅަށް ރަށު އެންމެން ސޯޝަލް މީޑިއާގައި ހަޅޭއްފަޅޭއް ޖަހަމުންދާއިރު، އޭނާގެ ދިފާއުގައި ޓްވީޓެއް ކޮށްލާނެ މީހަކުވެސް ނެތެވެ. ނޫނީ އޭނާ ދެއްކި ވާހަކަ ތަރުޖަމާ ކޮށްދޭނެ މީހަކުވެސް ނެތެވެ. އަދި އޭނާ ދެއްކި ވާހަކައަށް މައާފަށް އެދޭނެހާ ހިތްވަރެއްވެސް ނެތެވެ. ފަަހަރެއްގައި ދެއްކި ވާހަކަ މާބޮޑަށްވެސް ހަޑިމުޑުދާރީ ކަންނޭނގެއެވެ. ނޫނީ މިއީ އަނެއްކާ އަނެއް ވަޒީރުގެ ނިމުން ނޫންކަމެއްވެސް ނޭނގެއެވެ. ފެންނަ މަންޒަރުތަކަށް ބަލާއިރު އެމްޑީޕީއަށް ނިސްބަތްނުވާ އިމްރާން ވަޒީރުކަމުން "ބޭރުކުރަން" އެމްޑީޕީގެ މަޖިލިސް މެމްބަރުން ތެދުވެއްޖެނަމަ އެކަން އެއީ ދުރުކަމެއް ނޫންކަން، އޮތީ މާދުރުނޫން މާޒީން ހާމަވާށެވެ.

Imran is telling us all just how normal it is that women are harassed. So much so that it is ok for it to happen in public places even. And this clown is our home minister! I don’t even know how to react to that. For shame @ibusolih for shame
— Marium (@oizeex) October 25, 2020
Royal Rape akee rape eh noon. Royal rape akee Kuda kameh.
— Ghaanim (@Qhaanim) October 24, 2020
(Ei hayaai kuda kameh).
Mee Sarukaarun anenunah kurevey aniyaa yakee mujuthamauga maabodu kameh nookan dhehkun. Mee anhenunah kuraa aniyaa Nomalaize kurunn
އަންހެނަކަށް ޖިންސީ ގޯނާ ނުވަތަ ޖިންސީ ފުރައްސާރަކުރި މައްސަލައެއްގައި އިމްރާން މިފަހަރު މިއޮތީ ހަމަ ރަނގަޅަށްވެސް ހޫނު ފެނަށް ވެއްޓިފައެވެ. އިމްރާންގެ ސަބަބުން މުޅި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ މިވަނީ ބަދުނާމު ވެފައެވެ. މިކަމުގައި އިމްރާނާ ދެކޮޅަށް ރަށު އެންމެން ސޯޝަލް މީޑިއާގައި ހަޅޭއްފަޅޭއް ޖަހަމުންދާއިރު، އޭނާގެ ދިފާއުގައި ޓްވީޓެއް ކޮށްލާނެ މީހަކުވެސް ނެތެވެ. ނޫނީ އޭނާ ދެއްކި ވާހަކަ ތަރުޖަމާ ކޮށްދޭނެ މީހަކުވެސް ނެތެވެ. އަދި އޭނާ ދެއްކި ވާހަކައަށް މައާފަށް އެދޭނެހާ ހިތްވަރެއްވެސް ނެތެވެ. ފަަހަރެއްގައި ދެއްކި ވާހަކަ މާބޮޑަށްވެސް ހަޑިމުޑުދާރީ ކަންނޭނގެއެވެ. ނޫނީ މިއީ އަނެއްކާ އަނެއް ވަޒީރުގެ ނިމުން ނޫންކަމެއްވެސް ނޭނގެއެވެ. ފެންނަ މަންޒަރުތަކަށް ބަލާއިރު އެމްޑީޕީއަށް ނިސްބަތްނުވާ އިމްރާން ވަޒީރުކަމުން "ބޭރުކުރަން" އެމްޑީޕީގެ މަޖިލިސް މެމްބަރުން ތެދުވެއްޖެނަމަ އެކަން އެއީ ދުރުކަމެއް ނޫންކަން، އޮތީ މާދުރުނޫން މާޒީން ހާމަވާށެވެ.
ކިޔުންތެރިންގެ ހިޔާލު