ސަފާރީ ރޭޕް ކޭސްއާ ގުޅޭގޮތުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ދެއްކެވި ވާހަކަތަކާމެދު ކުރީގެ ޖެންޑަރ މިނިސްޓަރ އަނީސާ އަހުމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ހުޅުމާލޭގައި އޮތް ސާފާރީއެއްގައި ހިނގި ކަންތައްތަކާ ގުޅޭގޮތުން ހޯމް މިނިސްޓަރ އިމްރާން ދެއްކި ވާހަކަތަކާމެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިކަމާ ގުޅޭގޮތުން އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރައްވާ، އަދި ދައުލަތަށް ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ ކުރީގެ ވަޒީރު އަނީސާ އަހުމަދުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ކޯލިޝަންގައި ހިމެނޭ ރައީސް މައުމޫންގެ އެމްއާރްއެމްގެ މެންބަރު އަނީސާ ކުރެއްވި ޓްވީޓްގައި ސަފާރީ އުޅަނދެއްގައި އަންހެނަކު ރޭޕުކުރިކަމަށް ތުހުމަތުކުރެވިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ކުޑަބޮޑުމިން ހޯމްމިނިސްޓަރަށް ކަނޑައެޅުއްވިދާނެބާއޭ ވިދާޅުވެ ވަނީ ސުވާލު އުފައްދަވާފައެވެ. އަދި މައްސަލަ ތަހުގީގުކޮށް ނުނިމޭނަމަ، މިނިސްޓަރުގެ ވާހަކައިން ތަހުގީގަށް ނުފޫޒު ފޯރާނެކަމަށް ބެލެވޭނެ ނޫންތޯވެސް އަނީސާ ވިދާޅުވެފައިވެއެވެ.
ސަފާރީ ރޭޕްކޭސްއާ ގުޅޭގޮތުން އިމްރާން ދެއްކެވި ވާހަކަތަކާމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ހޯމް މިނިސްޓްރީން އަދި ސަރުކާރުގެ އެއްވެސް ރަސްމީ ފަރާތަކުން މިކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައެއް ނުވެއެވެ. ނަމަވެސް މިއަދު ސޯޝަލް މީޑިއާގައި އެންމެ ގަދައަށް މީހުން ގޮވަމުން ދަނީ ހޯމް މިނިސްޓަރުކަމުން އިމްރާން އަބްދުﷲ އިސްތިއުފާދެއްވުމަށެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ސަފާރީގައި މާބޮޑު ކަމެއް ނުހިނގާ ކަމަށެވެ. އޭގައި ހިނގީ އާންމުކޮށް މީހުންގެ ތެރޭގައިވެސް ހިނގާޒާތުގެ އާދައިގެ ކަމެއް ކަމުގައި އިމްރާނު ވިދާޅުވިއެވެ.

ސަފާރީއުޅަނދެއްގައި އަންހެނަކު ރޭޕުކުރިކަމަށް ތުހުމަތުކުރެވިގެން ފުލުހުންތަހުގީގު ކުރަމުންދާމައްސަލައިގެ ކުޑަބޮޑުމިން ހޯމްމިނިސްޓަރަށް ކަނޑައެޅުއްވިދާނެބާ؟ މައްސަލަ ތަހުގީގުކޮށްނުނިމޭނަމަ މިނިސްޓަރުގެ ވާހަކަފުޅުން ތަހުގީގަށް ނުފޫޒުފޯރާނެކަމަށްބެލެވިދާނެބާ؟@PoliceMv @ShimranAb
— AneesaAhmed (@AneesaAhmed19) October 25, 2020
ސަފާރީ ރޭޕްކޭސްއާ ގުޅޭގޮތުން އިމްރާން ދެއްކެވި ވާހަކަތަކާމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ހޯމް މިނިސްޓްރީން އަދި ސަރުކާރުގެ އެއްވެސް ރަސްމީ ފަރާތަކުން މިކަމާ ގުޅޭގޮތުން ވާހަކަ ދައްކާފައެއް ނުވެއެވެ. ނަމަވެސް މިއަދު ސޯޝަލް މީޑިއާގައި އެންމެ ގަދައަށް މީހުން ގޮވަމުން ދަނީ ހޯމް މިނިސްޓަރުކަމުން އިމްރާން އަބްދުﷲ އިސްތިއުފާދެއްވުމަށެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވީ ސަފާރީގައި މާބޮޑު ކަމެއް ނުހިނގާ ކަމަށެވެ. އޭގައި ހިނގީ އާންމުކޮށް މީހުންގެ ތެރޭގައިވެސް ހިނގާޒާތުގެ އާދައިގެ ކަމެއް ކަމުގައި އިމްރާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު