ފުލުހުން ތަހުޤީޤްކުރަމުންދާ މައްސަލައެއްގެ އިންސާފަށް ހުރަސް އެޅޭގޮތަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވާހަކަދައްކަވާފައިވާކަމަށް ބުނެ އޭނާގެ މައްސަލަ ބައްލަވައިދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ހުށަހަޅައިފިއެވެ.
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ މައްސަލަ މަޖިލީހުގެ ރައީސަށް ހުށަހަޅާފައިވަނީ، ހުޅުމާލޭގައި ހިނގިކަމަށް ބުނާ ސަފާރީ ރޭޕް ކޭސްގެ ޝިކާރައަކަށްވި ކެންޔާ އަންހެން މީހާގެ ވަކީލުންގެ ފަރާތުންނެވެ.
މަޖިލީހުގެ ރައީސަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ ޖިންސީ ގޯނާގެ މައްސަލައެއް ފުލުހުން ތަހުޤީޤްކުރަމުން ދަނިކޮށް، އެކަމަކީ ވަރަށް ކުޑަކަމެއްކަމަށް ދޭހަވާ ގޮތަށް އިމްރާން އާއްމުންގެ ތެރޭގައި ވާހަކަ ދައްކަވާފައިވާކަމަށާއި، އަދި އެއީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށް ވަކީލުންގެ ބަޔާނުގައިވެއެވެ.
ވަކީލުންގެ ބަޔާނުގައި ކެންޔާ އަންހެން މީހާއަށް ކުރިމަތިވި ކަންކަން ތަފްސީލްވެސް ކޮށްދީފައިވެއެވެ.
"އެ ފަރާތް މަރާލާނެކަމަށް ބިރުދައްކައި، އެފަރާތުގެ ޖިންސީ ގުނަވަނުގައި ހިފައި ދަމައިގަނެ، އަދި ޖިންސީ އަނިޔާކުރަމުންދިޔަ މީހާގެ ޖިންސީ ގުނަވަނުގައި ހިފަން އަންގައި، ސަފާރީގައި ހުރި ކޮޓަރިއަކަށް ގަދަކަމުން ގެންދިއުމަށް މަސައްކަތްކޮށްފައި އޮތްކަން ހާމަވާ" ކަމަށް ބަޔާނުގައިވެއެވެ.
ވަކީލުންގެ ބަޔާނުގައި ކެންޔާ އަންހެނާއަށް މިވަރު ކޮށްލުމުންވެސް އެއީ އާދައިގެ ކަމެއްގެ ގޮތުގައި ހޯމް މިނިސްޓަރު ބެއްލެވުމަކީ ކަންބޮޑުވާކަމެއްކަމަށް ބުނެފައިވެއެވެ. އަދި ހޯމް މިނިސްޓަރުގެ ވާހަކަ ހުރީ ކުށް ކުރި މީހުން ކުށުން ބަރީޢަކުރުމަށް ކަމަށާއި އެއީ އިމްރާން މަޤާމަށް ކުފޫ ހަމަނުވާކަން ސާބިތުކޮށްދޭކަމެއްކަމަށް ވަކީލުންގެ ބަޔާނުގައިވެއެވެ. އެހެންކަމުން އިމްރާން އަބްދުﷲގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ކުރިއަށްގެންދެވުމަށް މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި ވަކީލުން އެދިފައި ވެއެވެ.
ސަފާރީ ރޭޕްކޭސްއާ ގުޅޭގޮތުން އިމްރާން ދެއްކެވި ވާހަކަތަކުން އިމްރާން ހޫނު ފެނަށް ވެއްޓިފައިވާއިރު، ގިނަ ބަޔަކު ދަނީ އިމްރާނު ދެއްކެވި ވާހަކަތައް ކުށްވެރިކޮށް މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު