ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން 'ކިޔަވާ ލޯން' ޕްރޮޑަކްޓަށް މުހިންމު ބަދަލުތަކެއް ގެނެސް، ރާއްޖެއިން ބޭރުގެ ފަންނީ ތައުލީމީ ޕްރޮގްރާމްތަކަށް ޔޫއެސް ޑޮލަރުން ފައިސާ ދޫކުރަން ފަށައިފިއެވެ.
މި އައު ބަދަލާއެކު، ރާއްޖެއިން ބޭރުގައި މަތީ ތައުލީމާއި ފަންނީ ދާއިރާތަކުން ކިޔަވާ ދަރިވަރުންނަށް އެއްވެސް ރަހުނަކާ ނުލައި (އަންސެކިއުއާޑް) ޑޮލަރުން ލޯނު ނެގުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މިއީ ބައިނަލްއަގްވާމީ ފެންވަރުގެ ސެޓްފިކެޓްތަކާއި ފަންނީ ތަރައްގީގެ ޕްރޮގްރާމްތައް ހާސިލުކުރަން ބޭނުންވާ ފަރާތްތަކަށް، ބޭރު ފައިސާއިން ފީ ދެއްކުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ތައާރަފުކުރި ޚިދުމަތެއް ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ.
މި ލޯނުގެ ދަށުން، ކޯސް ފީތައް ސީދާ ކަމާބެހޭ ފަންނީ މުއައްސަސާތަކަށް ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ދައްކައިދޭނެއެވެ. އަދި ޝަރުތު ހަމަވާ ފަރާތްތަކަށް ލިބޭ ސްޓައިޕެންޑް ފައިސާ ސީދާ ކަސްޓަމަރުގެ އެކައުންޓަށް ޖަމާކޮށްދޭނެކަމަށް އެ ބޭންކުން ބުނެފައިވެއެވެ.
މި ބަދަލާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، މިއީ ކަސްޓަމަރުންގެ ބޭނުންތަކާ އެއްގޮތަށް ޚިދުމަތްތައް ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށާއި، މި ލުއިފަސޭހަކަމުގެ ސަބަބުން ރާއްޖެއިން ބޭރުގައި މަތީ ތައުލީމާއި ފަންނީ ތަމްރީނު ހާސިލުކުރާ ފަރާތްތަކަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.
މި ލޯނާ ބެހޭ އިތުރު މައުލޫމާތު ބޭންކް އޮފް މޯލްޑިވްސްގެ ވެންސައިޓުން ލިބެން ހުންނާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު