ކުރީގެ ނައިބް ރައީސް އަބުދު ﷲ ޖިހާދު
ކުރީގެ ނައިބް ރައީސް އަބުދު ﷲ ޖިހާދު
ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ކ. ފުށިދިއްގަރުފަޅު ތަރައްގީކުރުމުގެ މަޝްރޫއާ ގުޅޭގޮތުން ކުރީގެ ފިނޭންސް މިނިސްޓަރު އަދި ފަހުން ނައިބު ރައީސް މަގާމުގައި ހުންނެވި އަބްދުﷲ ޖިހާދުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށްދޭން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ޕީޖީ އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެމައްސަލައަކީ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކޮށްފައިވާތޯ ޖިހާދުގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލައަކީ ރިޔާސީ ކޮމިޝަނުން ތަހުގީގުކޮށް، ޕީޖީއަށް ފޮނުވި މައްސަލައެއް ކަމަށެވެ. ޕީޖީ އޮފީހުން ބުނީ ފުށިދިއްގަރު ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާގޮތަށް ޖޮއިންޓްވެންޗާ އެއްބަސްވުމެއް ހެދުމަށް ނޮވެމްބަރު، 29، 2011 ގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

އެ ނިންމުމުގައި އޮތީ އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދު ކުރަން ނުޖެހޭ ގޮތަށާއި އެ މަޝްރޫއުގެ ބިމު ކުލި ދައުލަތަށް ލިބެންޖެހޭނެ ކަމަށް އެބަޔާނުގައިވެއެވެ. އެ ރަށުގެ އެއްބަސްވުމުގައި ޖިހާދު ސޮއިކުރައްވާފައި ވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ކަނޑައެޅިގެން ޚިލާފަށް ކަމަށް ޕީޖީ އޮފީހުން ނެރުނު ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ޚިލާފުވާން ޖެހޭ ސަބަބެއް ނެތި ޖިހާދު، ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު ސޮއިކުރެއްވީ 50 ޕަސެންޓުގެ ބަދަލުގައި ދިވެހި ދައުލަތުގެ 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ. ޖިހާދުގެ މި އަމަލުގެ ސަބަބުން ރައްޔިތުންނާއި ދައުލަތަށް ލިބެން އޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައި ވެސް 604،713،750 ޑޮލަރު އުނިވެފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

"މީގެއިތުރުން، ދައުލަތުގެ 50 ޕަސެންޓް ހިއްސާގެ ބަދަލުގައި 25 ޕަސެންޓަށް ހިއްސާ ބަދަލުވުމުން، ކުންފުނީގެ ވިޔަފާރި ފައިދާ އިން ލިބޭނެ ގެއްލުން ވެސް އޮންނާނެ އެވެ." ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

ޕީޖީ އޮފީހުން ބުނިގޮތުގައި ވަޒީރުންގެ މަޖިލީހުން ނިންމެވި ގޮތުން ނަމަ، ބިމު ކުލިން 50 އަހަރުގެ ތެރޭގައި، 411،720،000 ޑޮލަރު އަދި ޕްރައިމް ލޮކޭޝަން ޗާޖު، 50 އަހަރުގެ ތެރޭގައި 192،993،750 ޑޮލަރު ލިބޭނެއެވެ. އެކަމަކު ޖިހާދު އަމަލުކުރެއްވި ގޮތުން އެ ފައިދާ ނުލިބި ދައުލަތަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


14

ހުސެން

27-Oct-2020

ރަތްލާޖެހި ބޮޑު ވަގެއް މުޅި އުމުރު ޖަލުގަ ބާއވާ


3

މަރިޔަން

27-Oct-2020

އަވަހައް ސަރީޔަތް ކޮއް ޖަލައް ލާ ބޮޑު ވަގެއް


22

އައްސެ

27-Oct-2020

މުޖުތަމައައް މިނިވަން ކޮއް ދޫކޮއްލާފަ ބަހައްޓަން ހެޔޮ ނުވާނެ ތީ ވަރައް ނުރައް ވައްތަރުގެ ވަގެއް މިނިކާ ވަގައް ވުރެވެސް ނުރައްކާ އެއްޗެއް ތީ


-2

އިލްހާމް

27-Oct-2020

ދައުލަތުގެ ތިޖޫރި ހުސް ކޮއްލި މާ ވަގު ތީ ޖަލުގެ ކުޑަ ގޮޅީގަ މުޅި އުމުރު ބާއްވަން ޖެހޭ ބޮޑު ވަގެއް ތީ


-6

އައްބެ

27-Oct-2020

ތީބޮޑުވަގެއް ތިމައްސަލަ އަވަހައް ބަލާ ހައްގު އަދަބު ދެއްވާ



ޓްރެންޑިން