ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންނަށް ބައިނަލްއަގުވާމީ ފެންވަރުގެ ފަންނީ ތަމްރީނުތައް ފޯރުކޮށްދިނުމަށްޓަކައި، ބީއެމްއެލް އެކެޑަމީން މެލޭޝިއާގެ އިންސެފް ޔުނިވަރސިޓީއާއެކު ސްޓްރެޓެޖިކް ޕާޓްނަރޝިޕެއް މިއަދު ގާއިމުކޮށްފިއެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ ބޭންކިންގ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ، ގާބިލު ބަޔަކަށް ހެދުމެވެ. މިގޮތުން، އިސްލާމިކް ފައިނޭންސްގެ ދާއިރާއިން އިންސެފް ޔުނިވަރސިޓީން ހިންގާ ދުނިޔޭގެ ފެންވަރުގެ ޕްރޮގްރާމްތަކާއި، އެގްޒެކެޓިވް އެޑިއުކޭޝަން، ޕްރޮފެޝަނަލް ސެޓިފިކޭޝަންގެ އިތުރުން ހާއްސަ ތަމްރީނުތައް ބޭންކުގެ މުވައްޒަފުންނަށް މި އެއްބަސްވުމުގެ ދަށުން ލިބިގެންދާނެއެވެ.
މީގެ އިތުރުން، މާލީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ މުހިންމު މައުލޫމާތުތައް ހިއްސާކުރުމާއި، ލީޑަރޝިޕް ހުނަރުތައް ތަރައްގީކުރުމާއި، ސިނާއީ ގޮތުން އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރުމުގެ ފުރުސަތުތައް ވެސް ބީއެމްއެލްގެ މުވައްޒަފުންނަށް މި ޕާޓްނަރޝިޕްގެ ސަބަބުން ފަހިވެގެންދާނެއެވެ.
ބީއެމްއެލް އެކެޑަމީއަކީ ބޭންކިންގ ދާއިރާގެ ފަންނީ މީހުން ބިނާކުރުމަށާއި، ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަންނަ ތައުލީމާއި ތަމްރީނު މުވައްޒަފުންނަށް ފޯރުކޮށްދިނުމަށް ބޭންކުން ހާއްސަކޮށްގެން ގާއިމުކޮށްފައިވާ އެކެޑަމީއެކެވެ. މި އެކެޑަމީން މީގެ ކުރިން ވެސް ވަނީ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަރޑް ބޭންކާސް އާއި ސިންގަޕޯ މެނޭޖްމަންޓް ޔުނިވަރސިޓީ ފަދަ ދުނިޔޭގެ ނަންމަޝްހޫރު މުއައްސަސާތަކާއެކު އެއްބަސްވުންތައް ގާއިމުކޮށް، ކާމިޔާބު ތަމްރީނު ޕްރޮގްރާމްތަކެއް ހިންގާފައެވެ.
ރާއްޖޭގެ ބޭންކިންގ އަދި މާލީ ހިދުމަތްތަކުގެ ދާއިރާ އައު އުސްމިންތަކަކަށް ގެންދިއުމަށްޓަކައި، ފެންވަރު ރަނގަޅު އުނގެނުމުގެ ފުރުސަތުތައް ފުޅާކުރުމަށް ބީއެމްއެލް އެކެޑަމީން ދަނީ މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ. މިގޮތުން ދުނިޔޭގެ ކުރިއަރާފައިވާ ތައުލީމީ މުއައްސަސާތަކާއެކު މިފަދަ ގުޅުންތައް ގާއިމުކުރުމަކީ ބޭންކުގެ މުވައްޒަފުންގެ ހިދުމަތުގެ ފެންވަރު ރަނގަޅުވެ، ކަސްޓަމަރުންނަށް ލިބޭ ހިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމަށް ބޭންކުން ދެކެއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު