ރައްޔިތުންނަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ބަދަލުގައި، ސަރުކާރުގެ އެކި މުއައްސަސާތަކުން ވާދައަށް އިވެންޓުތަކާއި ހަފްލާތައް ބާއްވަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ، ސަރުކާރުގެ މި ހާލަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓަށް ބަލާލުމުންވެސް ވަރަށް ރަނގަޅަށް ސާފުވާނެ ކަމަށެވެ. އެގޮތުން ވެބްސައިޓުން ފެންނަނީ ހުސް ތަފާތު އިވެންޓުތައް ބާއްވައި އެކަންކަމުގެ ފޮޓޯއާއި ވީޑިއޯ އަޕްލޯޑު ކުރުން ކަމަށާއި، ނަމަވެސް އެއިން އެއްވެސް ކަމަކުން ރައްޔިތުންނަށް ބޭނުންވާ ހަގީގީ ނަތީޖާއެއް ނުނެރެވޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ސަރުކާރުގެ ވުޒާރާތަކުގެ މަސައްކަތްތައް ހުރި ގޮތަށް އަލިއަޅުއްވާލައްވަމުން ޝަމްހީދު ވިދާޅުވީ، ރައްޔިތަކަށް ކޮށްދޭންޖެހޭ އަސާސީ ކަމެއް ނުކޮށްދެވުނު ނަމަވެސް، ބޮޑެތި ހަފްލާތައް ބޭއްވިއްޖެނަމަ މިއަދުގެ ސަރުކާރަށް އެވަރުން ފުދޭ ކަމަށެވެ. އަދި މިއީ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ކަންކަމުގައި ސަރުކާރުން ގެންގުޅޭ ކަންބޮޑުވާންޖެހޭ ފަދަ ޒިންމާދާރުކަން ކުޑަ ސިޔާސަތެއް ކަމަށް އޭނާ ސިފަކުރެއްވި އެެވެ.
މީގެ އިތުރުން، ގައުމުގެ އިގްތިސާދީ ހާލަތު ހުރި ގޮތުން ދައުލަތުގެ ޚަރަދުތައް ކުޑަކުރަންޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި، މިފަދަ ބޭކާރު ހަފްލާތަކަށް ދައުލަތުގެ ބަޖެޓުން މިލިއަނުން ޚަރަދުކޮށް ފައިސާ އިސްރާފު ކުރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޑރ. ޝަމްހީދު ވިދާޅުވި އެވެ.

ARG
ކިޔުންތެރިންގެ ހިޔާލު