ޯހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ޯހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ސަފާރީ ރޭޕްކޭސްއާ ގުޅޭގޮތުން ހޯމް މިނިސްޓަރ އިމްރާން ދެއްކެވި ވާހަކަތައް ބައެއް މީޑިއާތަކުން ފަތުރަނީ ހަޤީޤަތް އޮޅޭ ގޮތަށްކަމަށް ވިދާޅުވެ އެންމެފަހުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ދެއްކެވި ޚަބަރު ފެތުރި މީޑިއާތައް ކުށްވެރި ވެއްޖެއެވެ.

ހޯމް މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ، ސަފާރީގައި އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ ހާދިސާގައި މާބޮޑުކަމެއް ހިނގާފައި ނުވާކަމަށް ދޭހަވާ ގޮތަށް އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން ސޯޝަލް މީޑިއާގައި އާއްމުން ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ސަފާރީ ރޭޕްކޭސްއާއި ގުޅިގެން އިމްރާން ރޭ ދައުލަތުގެ މީޑިއާގައި ދެއްކެވި ވާހަކަތައް ދިފަޢު ކުރަށްވައު މިއަދު އިމްރާން ކުރެއްވި ޓްވީޓްގައި ވިދާޅުވީ އަންހެނަކަށް ޖިންސީ އަނިޔާއެއް ނުވަތަ ފުރައްސާރައެއް ކުރުމަކީ ކުޑަ ކަމެއް ނޫންކަމަށާއި އެއީ ބޮޑުކަމެއްކަމަށެވެ. އަދި އެއީ ކުޑަކަމެއްކަމަށް އޭނާ ވިދާޅުވެފައިވެސް ނޯންނާނެކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އޭނާއާ ގުޅޭގޮތުން މީޑިއާގައި ފަތުރާފައިވާ ބައެއް ވާހަކަތަކުން އޭނާ ވިދާޅުވި އެއްޗެއްގެ ހަޤީޤަތް އޮޅޭކަމަށެވެ. އަދި ހުރިހާ ދިވެހި ނޫސްވެރިންވެސް މަސައްކަތުގައި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓެވުމަށް އިމްރާން ވަނީ އިލްތިމާސް ކުރަށްވާފައެވެ. އިމްރާން ވިދާޅުވީ އޭނާ ވިދާޅުވި އެއްޗަކުން ގޯސް މާނައެއް އެއްވެސް ފަރާތަކަށް ދޭހަވިނަމަ އެއީ އޭނާގެ މަޤްޞަދު ނޫންކަމަށެވެ. އަދި އޮޅުންއަރާފަދަ ބަހެއް ބުނެވިފައި އޮތްނަމަ އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.



ސަފާރީ ރޭޕްކޭސްއާ ގުޅޭގޮތުން ދެއްކެވި ވާހަކަތައް އިމްރާން އަމިއްލައަށް މިއަދު ނޫސްވެރިންނަށް އޮޅުން ފިލުވައި ދެއްވައި މާނަ ކޮށްދެއްވާން މަސައްކަތް ކުރެއްވި ނަމަވެސް އިމްރާން ވިދާޅުވި ގޮތަށް ވިދާޅުވި ބަސްތައް އަކުރުން އަކުރަށް ނޫހުގައި ލިޔުމުން ވެސް އަދި ތަކުރާރުކޮށް ދެއްކެވި ވާހަކަ އަޑު އެހުމުން ވެސް އިމްރާން މައް ދިވެހިބަހުން ވިދާޅުވާ އެއްޗެއްގެ މާނަވެސް އަދި ވިދާޅުވާ ބަސްތަކެއް ވެސް ތަފާތެއް ނުވެއެވެ. އޮޅުމެއްވެސް ނާރައެވެ. ވިދާޅުވީ ސަފާރީގައި އެހާ ބޮޑު ކަމެއް ނުހިނގާ ކަމަށެވެ. ސަފާރީގައި ހިނގީ އާންމު ތަންތާގައި ވެސް ހިނގާ ފަދަ އާދައިގެން ކަމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


2

ފަތހަަަ

27-Oct-2020

ކިތަމެ ފަހަރު ލަނދު ގަނަަ ނެ


4

އާފިޔާ

27-Oct-2020

ބަދުއަހުލާގީ އަމަކެއް އެއީ ކުށެއް އެކުށައް ހައްގު އަދަބު ކިބެން ޖެހޭނެ


-8

އަލިބެ

27-Oct-2020

އަމްރާން ތިދައްކަނީ ތާުކުން ތާކު ނުޖެހޭ ކަހަލަ ވާހަކައެއް


5

އަސްމާލު

27-Oct-2020

ކުށެއް ވާނީ ކުށަކައް ކޮންމެ ބަޔަކު ކުރިޔަސް ފިޔަޅަޅު އެޅެން ޖެހޭނެ


1

އައްބެ

27-Oct-2020

ހިލޭ އަން ހެނެއްގެ ނުރުހުމުގަ އެނާގެ ނާޒުކު ގުނަވަނެއްގަ އަތް ލުމަކީ ބޮޑު ކުށެއް ކޮންމެ މީ ހަކު ކުރިޔަސް



ޓްރެންޑިން