ބެންކަށް ޖަމާކުރަންދިޔަ ފައިސާތަކެއް މިއަދު މަގުމަތިން ފޭރި ގަންނަން އުޅެފިއެވެ.
ިމިއަދު މާލޭގައި ބޭންކް އޮފް ސިލޯނު ކައިރީގައި ހިނގި މިހަދިސާގައި ބަޔަކު ފޭރިގަންނަން މަސައްކަތް ކޮށްފައިވަނީ ރާއްޖޭގައި ސިނގިރޭޓުގެ ވިޔަފާރިކުރާ ރޫޓްއިން ބެންކަށް ޖަމާކުރަންދިޔަ ގިނަ އަދަދެއްގެ ފައިސާތަކެކެވެ.
ފައިސާތައް ފޭރިގަންނަން އުޅޭ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު މީސްމީޑިއާގައި ދައުރުވަމުންދާއިރު، ވީޑިއޯއިން ފެންނަނީ ބެންކް އޮފް ސިލޯން ކައިރީގައި ދެ ސައިކަލެއްގައި 4 މީހަކު އައިސް ރޫޓްގެ ވޭންގައި ގެނައި ފައިސާތައް ފޭރި ގަންނަން އުޅޭ މަންޒަރެވެ. ނަމަވެސް ފައިސާ ފޮށިގަނޑުތައް ބޮޑުކަމުން އެމީހުންނަށް އެކަން ކާމިޔާބުވާ ގޮތެއް ނުވެއެވެ. އަދި އެކަމަށް ހުރަސް އެޅުމަށް އެފިހާރައިގެ މުވައްޒިފުން ކަމަށް ބެލެވޭ ބަޔަކުވެސް މަސައްކަތް ކުރެއެވެ. މީގެއިތުރުން ފޭރެން އުޅުނު މީހުން ފަހާ ބަޔަކު ދުއްވައި ގަންނަ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.
ރޫޓް ފިހާރައިން ބެންކަށް ޖަމާކުރަން ދިޔަ ފައިސާތަކެއް ބަޔަކު ފޭރިގަންނަން އުޅުނު މައްސަލައިގައި ފުލުހުން ބުނީ މިމައްސަލަ މިއަދު 11:40 ގައި ހުށަހަޅާފައިވާކަމަށެވެ. އަދި އެމައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުނެފައި ވެއެވެ. ރަސް އޮންލައިނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފޭރެން އުޅުނު މީހުން ވަނީ އެތަނުން ފިލާފައެވެ.

ކިޔުންތެރިންގެ ހިޔާލު