ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާއިން ވަކިކުރަމުންދާ މުވައްޒަފުންގެ ތެރެއިން 37 މީހަކު އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިފިއެވެ.
މި މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އިދިކޮޅު އެމްޑީޕީން ބޭއްވި ބައްދަލުވުމެއްގައި، އެ ޕާޓީގެ 'ބޮޑު ބަދަލު' އޮފީހުގެ އިސްވެރިޔާ ހަސަން ލަތީފް ވިދާޅުވީ، ވަޒީފާއިން ވަކިކުރި މީހުންނަށް ގާނޫނީ އެހީތެރިކަން ދިނުމަށް އެ ޕާޓީން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް ޖުމްލަ 65 މީހެއްގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށާއި، އޭގެ ތެރެއިން 37 މައްސަލައެއް މިހާރު ވެސް ޓްރައިބިއުނަލްގައި ރަޖިސްޓްރީ ކުރެވިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ ސަރުކާރުގެ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން، މުވައްޒަފުންގެ އަދަދު 33 އިންސައްތަ މަދުކުރުމަށް ޕީސީބީން މިދިޔަ އޭޕްރީލް މަހު އެންގުމާ ގުޅިގެންނެވެ. މި ބަދަލު ގެނައުމަށް ކުންފުނިތަކަށް ދީފައިވަނީ ތިން މަސްދުވަހުގެ މުއްދަތެކެވެ.
ހަސަން ލަތީފް އިތުރަށް ވިދާޅުވި ގޮތުގައި، ވަޒީފާ ގެއްލޭ
ފަރާތްތަކަށް އެހީވުމަށް އެމްޑީޕީގެ ވަކީލުންގެ އިތުރުން އަމިއްލަ ވަކީލުން ވެސް ދަނީ ހިލޭސާބަހަށް މަސައްކަތް ކޮށްދެމުންނެވެ. އަދި މިފަދަ ފަރާތްތަކަށް މައުލޫމާތު ދިނުމަށް 7341637 ނަންބަރުން ހެލްޕްލައިނެއް ވެސް ވަނީ ހުޅުވާލާފައެވެ. އޭނާ ވަނީ މިކަމުގެ ޒިންމާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ޕީސީބީގެ އިސްވެރިން އުފުއްލަވަން ޖެހޭނެ ކަމަށް ވިދާޅުވެ، ހިއުމަން ރައިޓްސް ކޮމިޝަނުން މިކަން ބެލުމަށް ގޮވާލައްވާފައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ، ސަރުކާރުން މި ނިންމާފައިވާ ގޮތަށް މުވައްޒަފުން މަދުކޮށްފިނަމަ ގާތްގަނޑަކަށް 14،000 އެއްހާ މީހުންގެ ވަޒީފާ ގެއްލިގެންދާނެ ކަމަށެވެ. އަދި އެއްވެސް ޕްލޭނެއް ނެތި ކުއްލި ގޮތަކަށް މިހާ ގިނަ ބައެއްގެ ވަޒީފާ ދުއްވާލުމަކީ ބޮޑު ބޭއިންސާފެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު