ބޭންކް އޮފް ސިލޯނަށް ޖަމާކުރަން ގެންދިޔަ ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޭރެން އުޅެނިކޮށް މިއަދު ހުއްޓުވި ސެކިއުރިޓީ ގާޑަށް ޔޫތް މިނިސްޓަރު އަހުމަދު މަޚުލޫފް ސާބަސް ދެއްވައި ތައުރީފް ކުރައްވައިފިއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ، ބޭންކަށް ޖަމާ ކުރުމަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ބަޔަކު ވެގެން ފޭރެން މަސައްކަތް ކުރި މައްސަލައެއް މިއަދު 11:47 ހާއިރު ފުލުހުންނަށް ހުށަހެޅުނު ކަމަަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

މިއަދު ހުންގަން އުޅުނު ފޭރުމުގެ ހާދިސާގެ ސީސީޓީވީ ފުޓޭޖެއް ވަނީ އާންމުވެފައެވެ. އެވީޑިއޯ އިން ފެންނަގޮތުގައި ސައިކަލަކުން 4 މީހަކު ގޮސް، ބޭންކް އޮފް ސިލޯން ކުރިމައްޗަށް މަޑުކޮށްލައެވެ. އޭރު ފައިސާ ހިފައިގެން އައި ރޫޓުގެ ވެހިކަލް ވެސް އެތަނަށް މަޑުކުރަނީއެވެ. ބެލެވޭ ގޮތިގައި މި ހަތަރު މީހުން އައީ ފައިސާ ގެނައި ވެހިކަލަށް ފާރަލަމުން އޭގެ ފަހަތުންނެވެ.

ވެހިކަލުގެ ދޮރު ހުޅުވާލުމާއެކު ސައިކަލުން ދެ މީހަކު ފައިބައިގެން ގޮސް އެމީހުނަށް ހަމަލާދޭ މަންޒަރު ފެނެ އެވެ.  4.5 މިލިއަނެއްހާ ރުފިޔާ ޖަމާ ކުރަން މިއަދު ބޭންކް އޮފް ސިލޯނަށް ގެންދިޔަ މަގުމަތީގައި ބަޔަކު ފޭރެން މަސައްކަތް ކުރި ނަމަވެސް އެ ވަގުތު އެތާނގައިތިބި މުވައްޒަފުންނާއި ބޭންކުގެ ސެކިއުރިޓީން ފޭރެން އުޅުނު މީހުންނަށް ހުރަސް އަޅައި ހިފަހައްޓައި ފައިސާތައް ވަނީ ސަލާމަތްކޮށްފައެވެ.

އެކަމާ ގުޅިގެން ޔޫތް މިނިސްޓަރު އަހުމަދު މަޚުލޫފް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ފައިސާތަށް ސަލާމަތްކޮށްދިނުމުގައި އެހީތެރިވެދިން ހިތްވަރުގަދަ މީހުންގެ ތެރެއިން ސެކިއުރިޓީ ގާޑާއި އަންހެނެއްގެ އިތުރުން ފައިސާތަށް ސަލާމަތް ކުރުމުގައި އެހީތެރިވި ފަރާތްތަކަށް ޝުކުރު ހައްގު ކަމަށެވެ. އެގޮތަށް އެކަކު ނަމަވެސް ހިތްވަރު ކުރާ ވަގުތު އެހެންމީހުން ވެސް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމަށް މަޚުލޫފް ވިދާޅުވިއެވެ.

" އޭރުން މިފަދަ އަމަލުތަށް ތަކުރާރުވުމުގެ ފުރުސަތު ކުޑަވާނެ." މަޚުލޫފް ވިދާޅުވިއެވެ.

ހާދިސާ ހިނގި ވީޑިއޯ ފުޓޭޖުން ފެންނަގޮތުން ފޭރެން އުޅުނު މީހުން ރޫޓުގެ މުވައްޒަފުންގެ ލޮލަށް ބޮޑީސްޕްރޭ ކަހަލަ އެއްޗެއް ޖަހައެވެ. ބޭންކުގެ ސެކިއުރިޓީންނާއި ރޫޓުގެ މުވައްޒަފުން އެމީހުން ހުއްޓުވައި ފަހައި ދުވަން ފެށުމުން އެ ހަތަރު މީހުން އަވަސް އަވަހަށް ސައިލަކަލު ތަކަށް އަރައިގެން ބާރު ބާރަށް ދުއްވާފައި ދިޔައީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން