ފައިސާ ޗާޕު ނުކުރާނެ ކަމަށް ވައުދުވެގެން ވެރިކަމަށް އައި ސަރުކާރުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ވަލުދޮރާށިން ފައިސާ ޗާޕުކުރަމުންދާ ކަމަށް ކުރީގެ ފައިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ތުހުމަތުކުރައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ރޫހާ މުޅިން ޚިލާފަށް ޖުމްލަ 6.2 ބިލިއަން ރުފިޔާ ޗާޕުކުރެވިގެންދާނެ ކަމަށެވެ. އަދި މީގެ ތެރެއިން މިހާތަނަށް އެމްއެމްއޭއިން ބޭންކު މެދުވެރިކޮށް ސަރުކާރަށް 3.8 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ޕެންޝަން ފަންޑުން ގަނެފައިވާ 2.4 ބިލިއަން ރުފިޔާގެ ޓީ-ބިލް އެމްއެމްއޭއިން ގަނެ، ޕެންޝަނަށް ފައިސާ ދިނުމަށްފަހު އެ ފައިސާ އަނެއްކާވެސް ސަރުކާރުގެ ޓީ-ބިލުގައި އިންވެސްޓުކުރުވަމުންދާ ކަމަށް އަމީރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިފަދަ އަމަލުތަކުގެ ސަބަބުން އެމްއެމްއޭގެ މެންޑޭޓާއި ޚިލާފުވެ، ޕެންޝަން ފަންޑުގެ އިންވެސްޓްމަންޓް އުސޫލުތައް މުގުރާލެވި، ސަރުކާރަށް ފައިސާ ޗާޕުކުރުމުގެ މަގު ފަހިވެގެން ގޮސްފައިވެއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން 2020 އިން 2023 އަށް ދައުލަތުގެ އާމްދަނީން 30 ބިލިއަން ރުފިޔާ މަދުވެ، ޤައުމުގެ އުފެއްދުންތެރިކަމުން 97 ބިލިއަން ރުފިޔާ ގެއްލިގެންދިޔަ ކަމަށް އަމީރު ވިދާޅުވިއެވެ. ނަމަވެސް، މިހާރު ސަރުކާރުގެ އާމްދަނީ 40 ބިލިއަނަށް އަރާފައިވާއިރު، އިޤްތިސާދީ ނުވަތަ ސިއްޙީ އެއްވެސް ކާރިސާއެއް ނެތް ކަމަށާއި އަދި ބޯޑަރުވެސް ބަންދުކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ކުރީގެ ސަރުކާރުން ބަލިމަޑުކަމުގެ ދުވަސްވަރު ފަންނީ ލަފާއާ އެއްގޮތަށް، ޤާނޫނުގެ ހުދޫދުގެ ތެރޭގައި އަދި އެއްވެސް ސިއްރުވެރިކަމެއް ނެތި ފައިސާ މަނިޓައިޒްކުރި ނަމަވެސް، މި ސަރުކާރުން އެފަދަ އެއްވެސް ޙާލަތެއް ނެތި ކުރީގެ މިންވަރުގެ 78 އިންސައްތައާ އެއްވަރުގެ އަދަދެއް މިހާރު ޗާޕުކުރަމުންދާ ކަމަށް އަމީރު ތުހުމަތުކުރައްވާފައިވެއެވެ.

މި މުޢާމަލަތާއެކު ފައިސާ ޗާޕް ނުކުރާނަމޭ ކިޔާ ވައުދުވެ އައި ސަރުކާރަށް، އެމް.އެމް.އޭ މެދުވެރިކޮށް ވަލުދޮރާށިން، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ރޫހާ މުޅިން ޚިލާފަށް، ޖުމްލަ 6.2 ބިލިއަން ރުފިޔާ ޗާޕް ކުރެވިގެންދާނެ. މީގެ ތެރެއިން މިހާތަނަށް އެމް.އެމް.އޭ އިން ވަނީ ބޭންކް… https://t.co/oRS4VpQvqj pic.twitter.com/DQvNcd8ael
— Ibrahim Ameer 🇵🇸 (@iameeru) July 21, 2026
މީގެ އިތުރުން، ޕެންޝަން ފަންޑުން ގަނެފައިވާ 2.4 ބިލިއަން ރުފިޔާގެ ޓީ-ބިލް އެމްއެމްއޭއިން ގަނެ، ޕެންޝަނަށް ފައިސާ ދިނުމަށްފަހު އެ ފައިސާ އަނެއްކާވެސް ސަރުކާރުގެ ޓީ-ބިލުގައި އިންވެސްޓުކުރުވަމުންދާ ކަމަށް އަމީރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މިފަދަ އަމަލުތަކުގެ ސަބަބުން އެމްއެމްއޭގެ މެންޑޭޓާއި ޚިލާފުވެ، ޕެންޝަން ފަންޑުގެ އިންވެސްޓްމަންޓް އުސޫލުތައް މުގުރާލެވި، ސަރުކާރަށް ފައިސާ ޗާޕުކުރުމުގެ މަގު ފަހިވެގެން ގޮސްފައިވެއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން 2020 އިން 2023 އަށް ދައުލަތުގެ އާމްދަނީން 30 ބިލިއަން ރުފިޔާ މަދުވެ، ޤައުމުގެ އުފެއްދުންތެރިކަމުން 97 ބިލިއަން ރުފިޔާ ގެއްލިގެންދިޔަ ކަމަށް އަމީރު ވިދާޅުވިއެވެ. ނަމަވެސް، މިހާރު ސަރުކާރުގެ އާމްދަނީ 40 ބިލިއަނަށް އަރާފައިވާއިރު، އިޤްތިސާދީ ނުވަތަ ސިއްޙީ އެއްވެސް ކާރިސާއެއް ނެތް ކަމަށާއި އަދި ބޯޑަރުވެސް ބަންދުކޮށްފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ކުރީގެ ސަރުކާރުން ބަލިމަޑުކަމުގެ ދުވަސްވަރު ފަންނީ ލަފާއާ އެއްގޮތަށް، ޤާނޫނުގެ ހުދޫދުގެ ތެރޭގައި އަދި އެއްވެސް ސިއްރުވެރިކަމެއް ނެތި ފައިސާ މަނިޓައިޒްކުރި ނަމަވެސް، މި ސަރުކާރުން އެފަދަ އެއްވެސް ޙާލަތެއް ނެތި ކުރީގެ މިންވަރުގެ 78 އިންސައްތައާ އެއްވަރުގެ އަދަދެއް މިހާރު ޗާޕުކުރަމުންދާ ކަމަށް އަމީރު ތުހުމަތުކުރައްވާފައިވެއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު