މިއަދުގެ އިޙްތިޖާޖުގައި ބައިވެރިވި މެމްބަރުން ހައްޔަރުކުރަނީ
މިއަދުގެ އިޙްތިޖާޖުގައި ބައިވެރިވި މެމްބަރުން ހައްޔަރުކުރަނީ
ޖިންސީ ފުރައްސާރައާއި، ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް މަސައްކަތްކުރާ މަދަނީ ޖަމިއްޔާއެއް ކަމަށްވާ ވޮއިސް އޮފް ޗިލްޑްރެން އިން މިއަދު ހަވީރު ބޭއްވުމަށް މަސައްކަތް ކުރި އިޙުތިޖާޖެއް ހުއްޓުވައި އެ ޖަމިއްޔާގެ ބޯޑް މެމްބަރުން ހައްޔަރުކޮށްފިއެވެ.

ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި ކަމަށް ތުހުމަތު ކުރާ މައްސަލާގައި ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކައާއި ގުޅިގެން ޢާއްމުންގެ ކަންބޮޑުވުން އިތުރުވެފައި ވަނިކޮށް ވީއޯސީން މިއަދުވަނީ އިމްރާންގެ ވާހަކަތަކާ ދެކޮޅު ހެދުމުގެ ގޮތުން އިޙްތިޖާޖެއް ބާއްވާފައެވެ.

މިއަދުގެ އެއްވުން ހަމަފެށިތަނާހެން ފުލުހުން ހައްޔަރުކުރީ އެ ޖަމިއްޔާގެ ހިންގާ ބޯޑްގެ ފަސް މެމްބަރުންނެވެ. އެކަމާ ގުޅިގެން ވީއޯސީން ބުނީ އެންމެ ފުރަތަމަ ހައްޔަރުކުރީ ދެ މީހެއް ކަމަށާއި، ދެންތިބި ތިން މީހުން ހައްޔަރުކުރީ ފަހުން ކަމަށެވެ. އަދި މިއީ ލަދުވެތި ޢަމަލެއް ކަމަށްވެސް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.



ސަފާރީ ރޭޕްކޭސްއާއި ގުޅިގެން އިމްރާން ރޭ ދައުލަތުގެ މީޑިއާގައި ދެއްކެވި ވާހަކަތައް ދިފާޢު ކުރަށްވައި މިއަދު އިމްރާން ކުރެއްވި ޓްވީޓްގައި ވިދާޅުވީ އަންހެނަކަށް ޖިންސީ އަނިޔާއެއް ނުވަތަ ފުރައްސާރައެއް ކުރުމަކީ ކުޑަ ކަމެއް ނޫންކަމަށާއި އެއީ ބޮޑުކަމެއްކަމަށެވެ. އަދި އެއީ ކުޑަކަމެއްކަމަށް އޭނާ ވިދާޅުވެފައިވެސް ނޯންނާނެކަމަށް އިމްރާން ވިދާޅުވިއެވެ.

ސަފާރީ ރޭޕްކޭސްއާ ގުޅޭގޮތުން ދެއްކެވި ވާހަކަތައް އިމްރާން އަމިއްލައަށް މިއަދު ނޫސްވެރިންނަށް އޮޅުން ފިލުވައި ދެއްވައި މާނަ ކޮށްދެއްވާން މަސައްކަތް ކުރެއްވި ނަމަވެސް އިމްރާން ވިދާޅުވި ގޮތަށް ވިދާޅުވި ބަސްތައް އަކުރުން އަކުރަށް ނޫހުގައި ލިޔުމުން ވެސް އަދި ތަކުރާރުކޮށް ދެއްކެވި ވާހަކަ އަޑު އެހުމުން ވެސް އިމްރާން މައް ދިވެހިބަހުން ވިދާޅުވާ އެއްޗެއްގެ މާނަވެސް އަދި ވިދާޅުވާ ބަސްތަކެއް ވެސް ތަފާތެއް ނުވެއެވެ. އޮޅުމެއްވެސް ނާރައެވެ. ވިދާޅުވީ ސަފާރީގައި އެހާ ބޮޑު ކަމެއް ނުހިނގާ ކަމަށެވެ. ސަފާރީގައި ހިނގީ އާންމު ތަންތާގައި ވެސް ހިނގާ ފަދަ އާދައިގެން ކަމެއް ކަމަށެވެ.

އިމްރާންގެ ވާހަކަތަކާ ގުޅިގެން ބައެއް ދީނީ ޢިލްމުވެރިން އިމްރާން ދިފާޢުކުރަށްވަމުން ގެންދަވާއިރު ސިޔާސީ ގިނަ ފަރާތްތަކުން ވަނީ އިމްރާންގެ ވާހަކަތައް ކުށްވެރިކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން