ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފޯރުކޮށްދޭ ޑިޖިޓަލް ބޭންކިންގ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ބޭންކުގެ މޮބައިލް އެޕް އަދި އިންޓަރނެޓް ބޭންކިންގ އަށް މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ.
ބީއެމްއެލް އިން މިއަދު ހާމަކުރި ގޮތުގައި، މި ގެނެވުނު ބަދަލާއެކު ބޭންކުގެ އާޓިފިޝަލް އިންޓެލިޖެންސް ބޮޓް 'އާޔާ' އަށް ވަނީ ބޮޑެތި އަޕްޑޭޓްތަކެއް ގެނެސްފައެވެ. މީގެ މައިގަނޑު މަގްސަދަކީ ކަސްޓަމަރުން ބޭންކިންގ ޚިދުމަތްތަކަށް އެދި ހުށަހެޅުމުގައި މިހާރަށްވުރެ ހަލުވި އަދި ފަސޭހަ މަގެއް ދެއްކުމެވެ.
މި އަޕްޑޭޓާއެކު، ކަސްޓަމަރުން ކުރާ ސުވާލުތަކަށް 'އާޔާ' މެދުވެރިކޮށް ވަގުތުން ޖަވާބު ލިބި، އެކި ބޭނުންތަކަށް އަވަސް ހައްލުތަކެއް ލިބިގެންދާނެއެވެ. އަދި ބޭނުންވެއްޖެ ހާލަތެއްގައި 'އާޔާ' މެދުވެރިކޮށް ބޭންކުގެ މުވައްޒަފެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތުވެސް މިހާރު ކަސްޓަމަރުންނަށް އޮންނާނެއެވެ. މިއީ ކަސްޓަމަރުންނަށް ބޭނުންވާ ޚާއްޞަ އެހީތެރިކަން އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކޮށްދިނުމަށް ބޭންކުން އެޅި މުހިންމު ފިޔަވަޅެކެވެ.
މި އައު ބަދަލާއެކު، މޮބައިލް ބޭންކިންގ އެޕް އަދި އިންޓަރނެޓް ބޭންކިންގގައި މީގެ ކުރިން ކަސްޓަމަރުން ބޭނުންކުރަމުން އައި 'މެސެޖިންގ' ފީޗަރ މެދުވެރިކޮށް ޚިދުމަތްތަކަށް އެދި ހުށަހެޅުން މިހާރު ވަނީ މެދުކަނޑާލާފައެވެ. ދެން ކަސްޓަމަރުންނަށް ޚިދުމަތްތަކަށް އެދި ހުށަހެޅޭނީ 'އާޔާ' މެދުވެރިކޮށެވެ.
ބީއެމްއެލް އިން ބުނީ މިއީ އެ ބޭންކުގެ ޑިޖިޓަލް ބޭންކިންގ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ކަސްޓަމަރުންނަށް އިތުބާރު ހުރި އަދި ޒަމާނީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް މެދުނުކެނޑި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. މި ބަދަލުގެ ސަބަބުން ކަސްޓަމަރުން ބޭންކަށް ކުރަންޖެހޭ މުއާމަލާތްތަކަށް ހޭދަވާ ވަގުތު ކުޑަވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ބޭންކުން އުންމީދު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު