ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް ސ. ހިތަދޫ، މީނާޒް، އީނާސް ނަޞީރު އައްޔަނުކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިއްޔެ (22 ޖުލައި 2024) ކުރި އިއުލާނެއްގައި ބުނެފައިވަނީ، ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބީސީސީގެ ބޯޑަށް އީނާސް އައްޔަނުކުރަން ނިންމާފައިވާ ކަމަށެވެ.
އީނާސް ނަޞީރަކީ މާލީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވައިގެން ހުންނެވި، ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ އިނގެރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބެޑްފޯޑްޝަޔަރއިން ފައިނޭންސްގެ ދާއިރާއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ފުރިހަމަކުރައްވާފައެވެ.
މީގެ އިތުރުން، އީނާސް އަކީ ފައިނޭންސް ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައި، އަމަލީ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.
އޭނާ މިހާރުވެސް ހުންނެވީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފައިނޭންސް ޑިރެކްޓަރުގެ މަގާމުގައެވެ.

ކިޔުންތެރިންގެ ހިޔާލު