ޒިޔާދާ ނައީމްގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހް: އޭނާ މިއަދު ވަނީ މަރުވެފައި
ޒިޔާދާ ނައީމްގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހް: އޭނާ މިއަދު ވަނީ މަރުވެފައި
ލިބުނު ޖިންސީ އަނިޔާތަކަކާ ގުޅިގެން ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވި ގދ. ތިނަދޫ ތޭންކު، ޒިޔާދާ ނައީމްގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހް މަރުވެއްޖެއެވެ.

އަނބިމީހާ ރޭޕްކުރިކަން ސާބިތުވެ ހައިކޯޓުން އިބްރާހިމް ޝާހްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ މިމަހުއެވެ. އެހެން ނަމަވެސް އޭނާ މިނިވަންވެފައިހުރީ ބަންދުގައި ހުންނަތާ ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާތީއެވެ. ޝާހު މަރުވެފައިވަނީ މިއަދުގެ ވަގުތެއްގައި މަހަށް ނުކުމެ އުޅެނިކޮށެވެ.

ޝާހު ހަށިގަނޑު މިހާރު ވަނީ ގއ. ވިލިނިގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ގއ. އަތޮޅު ހޮސްޕިޓަލުން ބުނީ، މަހަށް ނިކުމެ އުޅެނިކޮށް ނިޔާވި މީހެއް މިރޭ 9:15 ހާއިރު އެ ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ. އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އަނިޔާގެ އެއްވެސް ނިޝާނެއް ފެންނަން ނެތްކަމަށާއި ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ގއ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ލިބޭގޮތެއް ނުވެއެވެ.

ޝާހްގެ މައްޗަށް ތިން އަހަރުގެ ޖަލުގެ ހުކުމެއް އިއްވާފައިވާއިރު މީހަކު މަރުވެދިޔުމުގައި ފަރުވާކުޑަ އަމަލެއް ހިންގުމުގެ ދައުވާ އާއި މީހަކު މަރުވެދިޔުމުގައި އިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް ވަނީ އުފުލާފައެވެ. މިދިޔަ އަހަރުގެ މާޗް މަހުގެ 21 ވަނަ ދުވަހު އެ ހަތަރު މައްސަލަވެސް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެ ހުކުމްތައް ޕީޖީ އޮފީހުން ފަހުން އިސްތިއުނާފު ކޮށްގެން މައްސަލައިގައި ހައިކޯޓުން ހުކުމް ކުރީ ތިން އަހަރަށް ޖަލަށް ލުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން