2013 ވަނަ އަހަރު އާޒިމް މަޖިލީހުން ނެރެގެން ގެންދަނީ
2013 ވަނަ އަހަރު އާޒިމް މަޖިލީހުން ނެރެގެން ގެންދަނީ
ރައީސް ވަހީދުގެ ވެރިކަމުގައި މަޖިލިސް ތެރެއަށް ވަދެ މެމްބަރުން ނެރުނު ސިފައިންނާމެދު ފިޔަވަޅު އަޅުއްވައިދެއްވުމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ގޮވާލައްވައިފިއެވެ.

އާޒިމް މިކަމަށް ގޮވާލެއްވީ 2013 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައި ރައީސް ނަޝީދު ކުރެއްވި ޓްވީޓަކަށް އިޝާރަތްކުރައްވައެވެ. މީގެ 7 އަހަރުކުރިން 2013 ވަނަ އަހަރުގެ އޮކްޓޫބަރު 26 ވަނަ ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ މަޖިލިސް ތެރެއަށް ވަދެ މެމްބަރުން ގަދަކަމުން ނެރުނު ސިފައިންނަށް ވަކިވަކިން ދައުވާ އުފުލޭނެކަމަށެވެ.



ނަޝީދު މީގެ 7 އަހަރު ކުރިން ކުރެއްވި ޓްވީޓާއެކު އާޒިމް މިއަދު ކުރެއްވި ޓްވީޓްގައި ވަނީ ރައީސް ނަޝީދު ވިދާޅުވި ބަސްފުޅާ އެއްގޮތަށް އަމަލުކުރައްވާ، ސިފައިންނަށް ދައުވާކޮށްދިނުމަށް ގޮވާލައްވާފައެވެ.



މީގެ 7 އަހަރުކުރީގެ ވާހަކައެއް އާޒިމް ކުއްލިއަކަށް މިފެއްޓެވީ ކީއްވެގެންކަމެއް އަދި ނޭނގެއެވެ. ނަމަވެސް އާޒިމްގެ ޓްވީޓަށް ރައްދުދިން ފަރާތްތަކުން ބުނެފައިވަނީ ސިފައިންނަށް ދައުވާއެއް ނުކުރެވޭނެކަމަށެވެ. އަދި މިސަރުކާރުންވެސް ބަޣާވާތްކުރި މީހުންނަށް ދެނީ ޕްރޮމޯޝަންކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

މީގެއިތުރުން ރައީސް ޔާމިން ގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހަށް ވަންނަން އުޅުނު އިދިކޮޅު މެންބަރުންނަށް ސިފައިން ހުރަސް އެޅި މައްސަލަ ބެލުމަށް ވެސް އެމްޑީޕީގެ ބައެއް މެންބަރުން ދޭތެރެ ދޭތެރެއިން ގޮވަމުން ގެންދެއެވެ. ނަމަވެސް އަދި މިފަދަ ވާހަކަތައް މަޖިލީހުގެ ތަޅުމުގައި ދައްކަވައި ގަރާރު ހުށައަޅައި ބަހުސް ކުރުން ފިޔަވައި އެހެން ކަމެއް ކުރެވިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން