ފުލުހުންގެ މައި އިދާރާ
ފުލުހުންގެ މައި އިދާރާ
ދޯންޏެއްގަތް މުއާމަލާތަށް ފަހު އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދައްކާތީ ތޫނު ހަތިޔާރާއެކު ބަޔަކު އެ ދޯންޏަށް އެެރި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ލ .އަތޮޅުގައި ތޫނު ހަތިޔާރާއެކު ދޯންޏަކަށް ބަޔަކު އެރީ އެ ދޯނި ވިއްކި ފަރާތުން ފޮނުވައިގެން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. އެ ފަރާތުން ބުނަނީ އެ ދޯންޏަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އޭނާގެ އަތުން 7 މިލިއަން ރުފިޔާއަށް ބައްލަވައިގަތް ދޯންޏެއް ކަމަށެވެ. ނަމަވެސް އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ ދޯނި ލ. އަތޮޅަށް ވަނުމުން ދޯނި އަނބުރާ އަތުލަން އެ ދޯންޏަށް އެރީ ކަމަށް ވެރިފަރާތުން ބުނެފައިވެއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ ރޭ 11:55 ހާއިރު ލާމު އަތޮޅު އެތެރެވަރީން ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏެއް ބަލާ ލޯންޗެއްގައި ބަޔަކު ދިޔަ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން މިހާތަނަށް ސާފުކުރި މައުލޫމާތުން އެނގުނު ގޮތުގައި އެ ދޯންޏަށް އަރައި މާރާމާރީއެއް ހިންގާފައި ނުވާ ކަމަށާއި ލ. ގަން ތުނޑިއަށް ކައިރި ކުރަން ދޯންޏަށް އެރި ބަޔަކު އެންގި ކަމަށް ފުލުހުން ބުނެ އެވެ.

ބަޔަކު އެ ދޯންޏަށް އެރި ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށާއި އެމީހުން އެ ދޯންޏަށް ގެންދިޔަ ތޫނު އެއްޗިހި ދޯނިތެރޭގައި ހުރުމުން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ބުނީ މިހާތަނަށް އެނގިފައިވާ ގޮތުގައި މި ދޯންޏަށް ބަޔަކު އަރާފައި ވަނީ އެއްބަސްވުމަށް އަމަލު ނުކުރާ ކަމަށް ބުނެ ކަމަށެވެ.

މި މައްސަލަ ތަހްގީގުކޮށް އަޅަންޖެހޭ ފިޔަވަޅު އަޅަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން