އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ކޮމެޓީގައި މައުލޫމާތު ދެެއްވަނީ
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ކޮމެޓީގައި މައުލޫމާތު ދެެއްވަނީ
ރާއްޖޭގައި ޑޮލަރަށް އޮތް ޑިމާންޑު ދަށް ކުރުމުގެ ގޮތުން ބޭރުގެ އެހެން ކަރަންސީއެއް ރާއްޖޭން ބޭނުން ކުރެވޭނެ ގޮތްތަކެއް ހޯދަމުން އަންނަ ކަމަށް ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި މިއަދު ވާހަކަ ދައްކަވަމުން ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، ރާއްޖެއަށް މުދާ އެތެރެ ކުރަން ޑޮލަރު ނޫން، އެހެން ކަރަންސީއެއް ބޭނުން ކުރަން ފަަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ. މިގޮތުން "ޗައިނާ ޔުއާން" ނުވަތަ "އިންޑިއަން ރުޕީސް" ބޭނުން ކުރެވިދާނެ ކަމަށާ، އެ ވާހަކަތައް ދެކެވެމުންދާ ކަމަށް ގަވަރުނަރު ހާޝިމް ވިދާޅުވިއެވެ.

"އެ ވާހަކަ އެބަ ދައްކަން. މީގެ ނަތީޖާއަކީ ބެލެންސް އޮފް ޓްރޭޑާ އެއްގޮތަށް ރުފިޔާ އާއި ރުޕީސް ނޫނީ ޔުއާންއަށް އެކްސްޗޭންޖު ވާނީ،" މާލިއްޔަތު ކޮމެޓީގައި ހާޝިމް ވިދާޅުވިއެވެ.

ޑެޕިއުޓީ ގަވަނަރު އަހުމަދު އިމާދު ވިދާޅުވީ، އެގައުމެއްގެ ލޯކަލް ކަރަންސީން ޕޭމަންޓް ހެދޭނެ ނިޒާމެއް ބައެއް ގައުމުތަކުގައި ގާއިމްކޮށްފައިވާ ކަމަށާއި، އެއީ ގައުމު ތަކުން ވެސް މިހާރު ބޭނުން ކުރަމުން އަންނަ ގޮތެއް ކަމަށެވެ. ޢެގޮތަށް ރާއްޖޭގައި އެކަން އެގޮތަށް ކުރެވިއްޖެނަމަ ޑޮލަރަށް އޮތް ޑިމާންޑް ދަށްކުރެވިގެންދާނެ ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

2019 ވަނަ އަހަރުގެ އެންމެ ޕީކްގައި ވެސް ރާއްޖޭގެ އިމްޕޯޓަށް ބޭނުންވީ 250 މިލިއަން ޑޮލަރު ކަމަށް އެމްއެމްއޭ އިން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ކެކެކެ

27-Oct-2020

ރުޕޭ ނެހީ ޖާންތާހޭ. ސަމަޖްގައޭ ނާ! ރުޕޭ ނިކަލްޖާއޯ!


9

ޢާޒިމްބެ

27-Oct-2020

ރާއްޖޭގައިކުރާ އާއްމު ވިޔާފާރިތަކުގައި ދިވެހި ފައިސާ ނޫން އެއްޗެއް ބޭނުންކުރުން އޮތީ މަނާ ކޮށްފައެއް ނޫންތޯ؟ މިހާރު ތިޔަ އުޅެނީ ދިވެހިފައިސާވެސް ޑޮލަރުވެސް ދޫކޮށް އިންޑިއަން ރުޕީސްއަށް ހިޖުރަކުރަންތޯ؟



ޓްރެންޑިން