ކުޑަ ކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން (ފޮޓޯ: ސޯޝަލް މިޑިއާ)
ކުޑަ ކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި ދެކޮޅަށް ބޭއްވި އެއްވުމެއްގެ ތެރެއިން (ފޮޓޯ: ސޯޝަލް މިޑިއާ)
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ދޮންބައްޕައެއް 15 އަހަރަށް ޖަލަށް ލުމަށް ހައިކޯޓުން ޙުކުމް ކޮށްފިއެވެ.

މި މައްސަލާގައި ކުށް ސާބިތުވެފައިވަނީ ދ. ކުޑަހުވަދޫ، ފައިވްސްޓަރ އިބްރާހިމް ޝުޖާޢުގެ މައްޗަށެވެ. ހައިކޯޓުން މިއަދު ބާތިލްކޮށްފައިވަނީ ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން 2017 ވަނަ އަހަރު ސާބިތުނުވާކަމަށް ނިންމައި ޙުކުމް ކޮށްފައިވާ މައްސަލައެކެވެ.

މި މައްސަލާގައި ހައިކޯޓުން ކުރި ޙުކުމުގައި ވަނީ، 2017 ވަނަ އަހަރު ކުޑަހުވަދޫ ކޯޓުގެ 31 ވަނަ ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ބާޠިލު ޙުކުމެއް ކަމަށް ކަނޑައަޅައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން ދ.ކުޑަހުވަދޫ، ފައިވްސްޓަރ / އިބްރާހީމް ޝުޖާޢު ގެ މައްޗަށް އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގައި، ޕްރޮސިކިއުޓަރ ޖެނެރަލް ކޮށްފައިވާ ދަޢުވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާކަމަށެވެ.

އަދި މިކުށުގެ ޢުޤޫބާތެއްގެ ގޮތުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ށ) ގެ ދަށުން ދ.ކުޑަހުވަދޫ، ފައިވްސްޓަރ / އިބްރާހީމް ޝުޖާޢު ފަނަރަ އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން މިއަދު ވަނީ ޙުކުމް ކޮށްފައެވެ.

މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗްގައި ހިމެނި ވަޑައިގަންނަވަނީ، ފަނޑިޔާރު މުޙައްމަދު ނިޔާޒާއި، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން