ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުން ކިޔަވައިދިނުމުގެ ލައިސަންސް ހޯދަން ޖެހޭގޮތަށް ތަޢުލީމުގެ ބިލު މަޖިލީހުން ފާސްކޮށްފިއެވެ.
ޓީޗަރުން ލައިސަންސް ނަގަންޖެހޭގޮތަށް ތަޢުލީމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީން ނިންމި ގޮތަށް މަޖިލީހުން ފާސްކުރީ 55 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
މަޖިލީހުން ފާސްކުރި ބިލު މިހާރު އޮތްގޮތުން ތަޢުލީމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާތާ މަސްދުވަހުގެ ތެރޭގައި، ޓީޗާސް ރަޖިސްޓްރޭޝަން ބޯޑު އުފައްދަންވާނެ ކަމަށް ބުނެފައިވެއެވެ. އަދި ޤާނޫނަށް ޢަމަލު ކުރާއިރު ޚިދުމަތުގައި ތިބި މުދައްރިސުން ދެ އަހަރު ދުވަހުގެ ތެރޭގައި އެ ބޯޑުގައި ރަޖިސްޓްރީކޮށް ލައިސަންސް ހޯދަންވާނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ބޯޑުގައި ރަޖިސްޓްރީ ކުރުމަކާނުލައި އެއްވެސް ސްކޫލެއްގައި އަދި އެނޫންވެސް ރާއްޖޭގައި ހިންގާ އެއްވެސް ކިޔަވައިދޭ ތަނެއްގައި މަސައްކަތެއް ނުކުރެވޭނެއެވެ. މީގެއިތުރުން ބޯޑުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ނޫނީ އެއްވެސް ސްކޫލަކުން ވަޒީފާ ދީގެން ނުވާނެ ކަމަށްވެސް މިބިލުގައިވެއެވެ.
މަޖިލީހުން ފާސްކުރި ތަޢުލީމާ ބެހޭ ބިލުގައިވާ ގޮތުން ފަށާ ތަޢުލީމަކީ ގްރޭޑް އެކަކުން ފެށިގެން ގްރޭޑް ހައެއްގެ ނިޔަލަށްކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި ޘާނަވީ ތަޢުލީމަކީ ގްރޭޑް ހަތަކުން ފެށިގެން 10 ގެ ނިޔަލަށް ކަމަށް ކޮމިޓީން ވަނީ ކަނޑައަޅާފައެވެ.
ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒު މަޖިލީހަށް ހުށަހެޅުއްވި ތައުލީމުގެ ބިލު ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓިން ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވާލުމުން މިދިޔަ ސެޕްޓެމްބަރުމަހު ވަނީ އަނބުރާ ކޮމިޓީއަށް ފޮނުވާލާފައެވެ. ދެވަނަ ފަހަރަށް އެބިލު ތަޅުމަށް ފޮނުވާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު