އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރިއަށް އޮތް ކޮންގްރެސް ބާއްވާނެ ތާރީޚަކާ މެދު މަޝްވަރާކުރުމަށްޓަކައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް މިރޭ ބޭއްވުމަށް ތާވަލުކޮށްފިއެވެ.
އެމްޑީޕީން ތާވަލުކޮށްފައިވާ ގޮތުގައި މި ބައްދަލުވުން އޮންނާނީ މިރޭ 9:00 ގައި "ފަންކްޝަން ފައިވް" ގައެވެ.
މިރޭ ބާއްވާ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވަނީ ކޮންގްރެސް ބާއްވާނެ ދުވަހެއް ކަނޑައެޅުމާ ގުޅޭގޮތުންނެވެ. އޭގެ އިތުރުން، ޕާޓީގެ ގޮފިތައް އެކުލަވާލުމާ ބެހޭ ގަވާއިދަށް ގެންނަންޖެހޭ ބައެއް އިޞްލާޙުތައްވެސް މިރޭގެ ބައްދަލުވުމަށް ހުށަހެޅުމަށް ވަނީ ރޭވިފައެވެ.
މި އަހަރުގެ މެދުތެރޭގައި އެމްޑީޕީގެ ކޮންގްރެސް ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން މީގެ ކުރިން ފާސްކޮށްފައިވީ ނަމަވެސް، މިހާރު ބެލެވޭ ގޮތުގައި ކޮންގްރެސް އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
މި ކޮންގްރެސްގައި ޕާޓީގެ އަސާސީ ގަވާއިދަށް މުހިންމު އިޞްލާޙުތަކެއް ގެންނާނެ ކަމަށް ބެލެވޭއިރު، އެމްޑީޕީގެ އެންމެ ފަހުގެ ކޮންގްރެސް ބާއްވާފައިވަނީ 2022 ވަނަ އަހަރު މާލޭގައެވެ.

ކިޔުންތެރިންގެ ހިޔާލު