ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް
ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް
ރާއްޖޭގައި މިއަދު އިންސާފު ހޯދަން ޓަކިޖަހާނެ ދޮރެއް ނެތް ކަމަށް ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު އިމްރާން އަބުދު ﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅުމަށްފަހު މަޖިލީހުގެ އިދާރާގެ ކައިރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރޭޕާއި ޖިންސީ ގޯނާ އާއި ދެކޮޅަށް އަޑުއުފުލުމުގެ ޖާގަ މި ސަރުކާރުން ނުދޭ ކަމަށެވެ. ރޭޕާ ޖިންސީ ގޯނާ އާއި ދެކޮޅަށް އިއްޔެ އަޑުއުފުލި ބަޔަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ރާއްޖޭގައި އިންސާފު ހޯދަން ޓަކިޖަހާނެ ދޮރެއް ނެތް ކަމަށެވެ.

"މިއަދު ރައްޔިތުން ކޮން ދޮރެއްގައިތޯ ޓަކިޖަހާނީ އިންސާފު ހޯދަން؟ ރައްޔިތުން އިންސާފު ހޯދަން ޓަކިޖަހާނެ ދޮރެއް ނޭގޭ އަޅުގަނޑުމެންނަކަށް، ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ދިވެހިން މިއަދު މިސަރުކާރާއެކީގައި ތިބިކަން މި ފާހަގަކުރެވެނީ." ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ގައުމުގައި އަދުލް އިންސާފު ގާއިމްކޮށް އަމަން އަމާންކަން ނަގަހައްޓާ ދަމަހައްޓަން ތިބި ފަރާތްތައް މިއަދު ޖިންސީ ގޯނާކުރުމަށް ބަޔަކަށް ހިތްވަރު ދެމުންދާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ހުޅުމާޅޭ ފަޅުގައި އޮތް ސަފާރީއެއްގައި ޕާޓީ ކުރި ދިވެހި ބަޔަކު ކެންޔާގެ އަނެހެނަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލައިގައި ހޯމް މިނިސްޓަރ އިމްރާން ވިދާޅުވެފައި ވަނީ ފުލުހުން ތަހުގީގު ކުރާ އެމައްސަލައިގެ ހަގީގަތް އެނގިވަޑައިގެންނެވި އިރު، އެއީ ކުރިން އެވާހަކަ ދެކެވުނުހާ ގޯސްކޮށް ހިނގާފައިވާ ކަމެއް ނޫން ކަމަށެވެ. އެއީ އާންމުންގެ ތެރޭގައި ވެސް އާންމުކޮށް ހިނގާ ފަދަ ކަމެއް ކަމަށާއި އަދި އެމީހުން ކޮށްފައިވަނީ އާންމުންގެ ތެރޭގައި ނޭނގިވެސް ކޮށްލެވިދާނެ ފަދަ ކުޑަކަމެއް ކަމަށެވެ.

އިދިކޮޅު ކޯލިޝަނުން ބުނާ ގޮތުން އެމީހުން އިމްރާނާއި ދެކޮޅަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދީ އެފަދަ މަގާމެއްގައި ހުރި މީހަކު ދައްކައިގެން ނުވާނެފަދަ ވާހަކަ ތަކެއް ދެއްކުމާއި އަދި ހޯމް މިނިސްޓަރ ގާނޫނާއި ޚިލާފު ވެވަޑައިގެންފައިވާތީ އެމަގާމަށް މިހާރު ކުފޫ ހަމަނުވާކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން