ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަހުމަދު ސައުދު
ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަހުމަދު ސައުދު
ރާއްޖޭގައި ކުށްކުރުން އާންމުވެފައިވަނީ ބޮޑެތި ކުށްވެރިން މުޖުތަމަޢަށް ދޫވެފައިވާތީ ކަމަށް ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަހުމަދު ސައުދު މިއަދު ވިދާޅުވެެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ސަޢުދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމު ވަށައިގެން ބިރުވެރިކަން ފެތުރިފައިވާ ކަމަށާއި ނުރައްކާތެރި ކުށް ކުރުން ރާއްޖޭގައި އާންމުވެފައިވާ ކަމަށެވެ. ރާއްޖޭގައި ނުރައްކާތެރި ކުށްތައް އިތުރުވަނީ އެފަދަ ކުށް ކުރާ މީހުން މުޖުތަމައުގައި ދޫވެފައި ތިބޭތީ ކަން ސައުދު ފާހަގަކުރެއްވިއެވެ.

"ކޮން ވެރިކަމެއްގައިތޯ މިފަދަ މީހުންނަށް އެކަށީގެންވާ އަދަބެެއް ލިބިފައި އޮތީ؟ ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ކޮން ދުވަހަކުންތޯ؟" ސައުދު ސުވާލު ކުރެއްވިއެވެ.

ސަރުކާރަށް ތަފާތު ސުވާލުތައް ކުރިމަތި ކުރައްވައި ދޭތެރެ ދޭތެރެއިން ސައުދު ބައެއް ވާހަކަތައް ޓުވީޓް ކުރައްވައެވެ. އެގޮތުން ސަރުކާރުގެ ބައެއް ސިޔާސަތުތަކަަށް އޭނާ ފާޑުވިދާޅުވެއެވެ. އަދި ސައުދުގެ އެފަދަ ޚިޔާލު ތަކަކީ އަމިއްލަ ހިޔާލު ކަމަށާއި ޖޭޕީގެ ރަސްމީ ސްޓޭންޑް ނޫން ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އަދި ޕާޓީން ރަސްމީކޮށް އެއްވެސް ނިންމުމެެއް ނިންމައިފިނަމަ ޕާޓީން އިސްވެ އެކަން ހާމަކުރާނެ ކަމަަށް ޖުމުހޫރީ ޕާޓީން ބުނެފައިވެއެވެ.

ރާއްޖޭގައި ކުށްކުރުން އާންމުވެފައިވާ ކަމަށް ސައުދު ވިދާޅުވެފައިވާއިރު ފަހަކަށް އައިސް ކުށްކުރުން ރާއްޖޭގައި ވަރަށް ބޮޑަށް އިތުރުވަމުން އަންނަ ކަމަށް ބުނެ ބައެއް މީހުން އަންނަނީ ކަނޑބޮދުވުން ފާޅުކުރަމުންނެވެ. އެގޮަތުން މަރުގެ މައްސަލަތަކާއި މަސްތުވާތަކެއްޗާއި ޑްރަގާއި ވައްކަމާއި ފޭރުމުގެ މައްސަލަތަށް ވަނީ އިތުރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން