އަބްދުއްރަހީމް އިދިކޮޅުގެ ހަރާކާތެއްގައި
އަބްދުއްރަހީމް އިދިކޮޅުގެ ހަރާކާތެއްގައި
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ، އަދުރޭގެ މައްޗަށް ދައުވާކުރަން ޕީޖީން މިއަދު ކުރިމިނަލް ކޯޓަށް ހުށައަޅައިފިއެވެ.

އަދުރޭގެ މައްޗަށް ދައުވާކުރަން ކުރިމިނަލް ކޯޓަށް ފޮނުވިކަން އަންގައި އޭނާއަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ކުރާ ދައުވާއަކީ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުން ކުރާ ދައުވާއެއް ކަމަށެވެ. އެ މެސެޖުގައި ދައުވާކުރަނީ ކޮން ޤާނޫނެއްގެ ކޮން މާއްދާއެއްގެ ދަށުން ކަމެއް ބުނެފައެއް ނުވެއެވެ.

އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ މިއީ އިދިކޮޅު އިއްތިހާދު ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅަކީ އަބްދުއްރަހީމް ކަމުގައިވާތީ އޭނާ އަށް ބިރު ދެއްކުމަށް ކުރާ ކަމެއް ކަމަށެވެ. އެއީ އިދިކޮޅުން ސަރުކާރު ޖަވާބުދާރީކުރުވަން ކުރަމުން އަންނަ މަސައްކަތަށް ހުރަސްއެޅުމުގެ ގޮތުން ހިންގާފައިވާ ކަމެއް ކަމަށް ހީނާ ސިފަކުރެއްވިއެވެ.

ޢަބްދުއްރަޙީމުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ދުވަހު އޭނާ ކޯޓުގެ ބޭރުގައި ހުންނަވައި ދެއްކެވި ވާހަކަ އާއި ގުޅިގެން ކަމަށް ބެލެވެއެވެ. އެކަމާ ގުޅިގެން މީގެކުރިން ޢަބްދުއްރަޙީމު ފުލުހަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ. އަބުދުއްރަހީމް އަކީ ޖަޒުބާތުގައި ޖެހިގެން ބައެއް ޖަލްސާތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކުގައިވެސް ތަންކޮޅެއް ހުތުރު ބަހުރުވަ ބައެއް ފަހަރު ބޭނުން ކުރަށްވާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު


3

މުހައްމަދު ގާސިމު

27-Oct-2020

ހަޑި ހުތުރު ބަހުން އެއްވެސް މީހަކަށް ދައުވާ ކުރި ފުރަތަމަ ފަހަރު. ދައުވާގެ ޚުލާސާ އަޑުއަހަން ކޯޓަށް ވަންނަން ވާނީ ހިލޭމީހުން. މަހުރަމުން ވަނުމަކީ ލަދުވެތިކަމެއް.


-5

އަދަނު

27-Oct-2020

އަމާ އަދުރޭ



ޓްރެންޑިން