ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޒިންމާދާރުކަން އިތުރުކޮށް، ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ހަލުވިކުރުމުގެ މަގުސަދުގައި އެ ބޭންކުގެ އިދާރީ އޮނިގަނޑަށާއި އެގްޒެކްޓިވް ޓީމުގެ ދައުރުތަކަށް މުހިންމު ބަދަލުތަކެއް ގެނެސްފިއެވެ.
ބޭންކުގެ ބޯޑު އޮފް ޑައިރެކްޓަރުންގެ ހުއްދައާއެކު ގެނެވުނު މި ބަދަލުތަކަށް އަމަލުކުރަން ފަށާފައިވަނީ މިއަދުން ފެށިގެންނެވެ.
މި އިސްލާހީ ބަދަލުތަކަކީ ބޭންކުގެ ދެމެހެއްޓެނިވި ކުރިއެރުމަށާއި، ކަސްޓަމަރުންނާ އޮންނަ ގުޅުން ބަދަހިކޮށް، ޚިދުމަތުގެ ފެންވަރު މަތީ ދަރަޖައަކަށް ގެންދިއުމަށް އެކުލަވައިލާފައިވާ ދުރުރާސްތާގެ ސްޓްރެޓެޖިކް އަމާޒުތައް ހާސިލުކުރުމަށް އެޅުނު ފިޔަވަޅެކެވެ. މި ބަދަލުގެ ދަށުން، ސީނިއަރ މެނޭޖްމަންޓް ޓީމުގެ ހަތަރު މެންބަރަކު ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އެ ބޭފުޅުންގެ މިހާރުގެ މަގާމުތަކާ ގުޅުންހުރި އެހެން ދާއިރާތަކުގެ މަސްއޫލިއްޔަތުތަކާ ވަނީ ހަވާލުވެވަޑައިގެންފައެވެ.
އެގޮތުން މަގާމުތަކަށް ގެނެވުނު ބަދަލުތަކަކީ:
- އައިޝަތު ޒަމްރާ ޒާހިރު: ޗީފް ކޮމަރޝަލް އޮފިސަރު

އައިޝަތު ޒަމްރާ ޒާހިރު- ސީސީއޯ
- މޫސާ ނިމާލް: ޗީފް މާކެޓިންގ އޮފިސަރު

މޫސާ ނިމާލް- ޗީޕް މާކެޓިން އޮފިސަރު
- ރަޝްފާ ޖައުފަރު: ޗީފް ރިސްކް އޮފިސަރު

ރަޝްޕާ ޖައުފަރު- ޗީފް ރިސްކް އޮފިސަރު
- ގެރީ ލޯޓަން: ޗީފް ކްރެޑިޓް އޮފިސަރު

ގެރީ ލޯޓަން- ޗީފް ކްރެޑިޓް އޮފިސަރު
މި ބަދަލާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކު މިވަގުތު އޮތީ މާލީގޮތުން ވަރަށް ހަރުދަނާ ހާލަތެއްގައި ކަމަށާއި، މި ބަދަލުތަކުގެ ބޭނުމަކީ ލީޑަޝިޕް އިތުރަށް ވަރުގަދަކުރުން ކަމަށެވެ. އަދި ތަޖުރިބާކާރު ވެރިންނަށް އެހެން ދާއިރާތަކުގެ ތަޖުރިބާ ހޯދައިދިނުމަކީ އެ ބޭފުޅުންގެ ހުނަރު އިތުރުވުމުގެ އިތުރުން، މުޅި މުއައްސަސާއަށް ލިބޭނެ ކުރިއެރުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މިއީ ހުރިހާ ފަންތިއެއްގައި ދިވެހި ހުނަރުވެރި ވެރިން ބިނާކުރުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލް އިން ހާމަކޮށްފައިވާ ގޮތުގައި، މިއީ ބޭންކުގެ އެތެރޭގެ ހިންގުމަށް ގެނެވުނު ބަދަލުތަކަކަށް ވާތީ، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޕްރޮޑަކްޓްތަކަށާއި، ޚިދުމަތްތަކަށް ނުވަތަ މިހާރު މުއާމަލާތް ކުރަމުންދާ އުސޫލުތަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. މި ބަދަލުތަކާއެކު ބޭންކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ކަސްޓަމަރުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ބޭންކުން އުންމީދު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު