ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ރ އުނގޫފާރުގައި ނެގި ރެންޑޮމް ސާމްޕަލްތަކުން މީހަކު ޕޮޒިޓިވްވެ މޮނިޓަރިން ހާލަތަށް ގެނައި ނަމަވެސް ޚާއްސަ ހުއްދައިގެ ދަށުން އެރަށައް އަރާ ފޭބޭނެ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު އެޗްއީއޯސީ އިން ބުނެފިއެވެ.

އުނގޫފާރު މޮނިޓަރިން ހާލަތަށް ގެނައީ އެރަށުން ނެގި ރެންޑަމް ސާމްޕަލްތަކުން މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ފަރާތުން ވާހަކަ ދައްކަވަމުން އަބުދު ﷲ މައުރޫފް ވިދާޅުވީ ހެނދުނު އުނގޫފާރުގައި 60 ރެންޑަމް ސާމްޕަލް ނަގާފައިވާ ކަމަށާއި، އޭގެ ތެރެއިން އެކަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އެރަށުން ސާމްޕަލް ނަގާފައިވަނީ ހޮސްޕިޓަލުގައި މަސައްކަތް ކުރާ 20 މުވައްޒަފުންނާއި ކެފޭ ރެސްޓޯރެންޓް ފިހާރަތަކުން 15 މުވައްޒަފުންނާއި ބަލީގެ އަލާމަތްތަށް ހުރި 20 ފަރާތެއްގެ އިތުރުން އެރަށުގައި ދިރިއުޅޭ 5 ބިދޭސީންގެ ސާމްޕަލް ކަމަށް މައުރޫފް ވިދާޅުވިއެވެ. އެކަމާ ގުޅިގެން އުގޫފާރު މޮނިޓަރިން ހާލަތަށް ގެނައުމުން އުސޫލެއްގެ ގޮތުން އެރަށައް އަރާއި ފޭބުން މަނާވާނެ ކަމަށެވެ. އެހެން ނަމަވެސް ޑޮކުޓަރަށް ދެއްކުމާއި ޒަރޫރީ ބޭނުންތަކަށް ޚާއްސަ ހުއްދައިގެ ދަށުން އެރަށައް އަރާ ފޭބޭނެ ކަމަށް މައުރޫފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އުނގޫފާރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު ބޭރަށް ނިކުންނައިރު މާސްކް އަޅަންޖެހޭނެ ކަމަށާއި އެ މާސްކަކީ އެޗްޕީއޭގެ މިންގަނޑުތަކަށް ފެތޭ މާސްކަކަށް ވާންޖެހޭނެ ކަމަށެވެ. މޮނިޓަރިން އަށް ލުމާއެކު ރަށު ސުކޫލު ބަންދުވާނެ ކަމަށާއި ކުޅިވަރުގެ އެކި ހަރަކާތްތަށް ވެސް ބޭއްވުން މަނާވާނެ ކަމަށް މައުރޫފް ވިދާޅުވިއެވެ. މީގެ އިތުރުން ފިހާރަތަކުންޚިދުމަތްދޭ ފަރާތްތަކުން މާސްކް ބޭނުން ކުރުމާއި ގައިދުރުކަން ބެހެެއްޓުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

ރ އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލް ހުންނަ ރަށްކަމުން އެރަށަށް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޑޮކްޓަރަށް ދެއްކުމަށް އެކި ރަށްރަށުން ދެއެވެ. އަދި ކޮވިޑްގެ ހާލަތާއި ގުޅިގެން މާލެއަށް ޑޮކްޓަރަށް ދައްކަން ނާދެވޭތީ އެކި އަތޮޅުތަކުންވެސް މީހުން އެރަށަށް ޑޮކްޓަރަށް ދައްކަންދާ ކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން