އަލީ ނިޒާރު (ކ) މިނިސްޓަރު މާރިޔާ ( މ) މިނިސްޓަރު އިމްރާން (ވ)
އަލީ ނިޒާރު (ކ) މިނިސްޓަރު މާރިޔާ ( މ) މިނިސްޓަރު އިމްރާން (ވ)
ކަނޑުފޭރުން ރާއްޖޭގައި މިހާރު ހުއްދަވީތޯ ވިދާޅުވެ، ރާއްޖޭގެ ސަލާމަތީ ބާރުގެ އިސްވެރިންގެ އަރިހުން ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ސުވާލުކުރައްވައިފިއެވެ.

ލ.ގަމާއި 11 މޭލު ބޭރުގައި އެންދަމަން އޮތް މަސް ދޯންޏަކަށް ތޫނު އެއްޗެއްސާއި އެކު ގްރޫޕަކުން އަރައި އެދޯނި "ހައިޖެކުކުރި" މައްސަލައަށް ޢިޝާރާތް ކުރަށްވައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އައްޑޫގެ މޭޔަރު ކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަލީ ނިޒާރު ވިދާޅުވީ ދޯންޏަކަށް ހަތިޔާރާއެކު އަރައި، ކަނޑު ފޭރިގެންގޮސް ދޯނި އަތުލައިގަނެ ފަޅުވެރިން ރަށުން ބާލާފައިވާ މައްސަލައިގައި އަލީ ނިޒާރު ވަނީ ކަންބޮޑުވުން ފާޅުކުރަށްވައިފައެވެ.

އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ޓެގް ކުރައްވައި ނިޒާރު ވަނީ ކަނޑު ފޭރުން ރާއްޖޭގައި ހުއްދަވީތޯ ނުވަތަ ގާނޫނު ނަގަހައްޓަން ނުކުޅެދެނީތޯ ސުވާލު  ކުރައްވާފައެވެ.

ތޫނު އެއްޗެއްސާއި އެކު ގްރޫޕަކުން ސ. ހިތަދޫގައި ދުއްވާ ފަސްކުރި ދޯންޏަށް އަރާފައިވަނީ ލ. ގަމު "ވަޑިނޮޅު" ކައިރީގައި އެންދަމަން ދިއްލައިގެން އޮއްވައެވެ. އެ ދޯންޏަށް އެ ގުރޫޕުން އެރީ އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދައްކާތީ ވެރިފަރާތުން ފޮނުވައިގެން ދޯންޏާއި ހަވާލުވުމަށް ކަމަށް ބުނެ އެވެ.

ފުލުހުންގެ އިދާރާ އިން ބުނީ ވަޑިނޮޅު ކައިރީގައި އޮތް މަސް ދޯންޏެއް ބަލައި ލޯންޗެއްގައި ބަޔަކު ދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ ދޯނި ގަމު ތުނޑި އަށް ކައިރިކޮށް، އެ އަށް އިތުރު ބަޔަކު އެރިއަސް އެއްވެސް މާރާމާރީއެއް ހިންގާފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ. އެހެން ނަމަވެސް ދޯންޏަށް ގެންދިޔަ ކަމަށް ބެލެވޭ ތޫނު އެއްޗެހި ދޯނި ތެރޭގައި ހުރުމުން އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ. މި މައްސަލައާ ގުޅިގެން މީހަކު އަދި މިހާތަނަށް ހައްޔަރުކޮށްފައިނުވާއިރު، ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


0

ޙަސަންކަލޯ

28-Oct-2020

މީހަކު މަރާލި ޚަބަރު ނިޒާރު އަހައިފިއްޔާ މީހުން މެރުން މިހާރު ހުއްދަވީތޯވެސް ނިޒާރު އައްސަވާނަން ދެއްތޯ. ބައްޅަވިސްނުން ހުންނަމީހުނަށް މޭޔަރުކަން ކުރެވޭނެތަ?



ޓްރެންޑިން