ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފުކޮށްފައިވާ ފޮރެކްސް އިންވެސްޓްމަންޓް ސްކީމް އިތުރަށް ހަރުދަނާކޮށް، އެ ސްކީމުން ލިބޭ ނަފާ ސީދާ އެމެރިކާ ޑޮލަރުން ލިބޭނެ އިންތިޒާމު އެ ބޭންކުން މިއަދު ހަމަޖައްސައިފިއެވެ.
ބީއެމްއެލް އިން މިއަދު އާންމުކުރި މެސެޖެއްގައި ބުނެފައިވާ ގޮތުގައި، ފޮރެކްސް އިންވެސްޓްމަންޓްގެ ޚިދުމަތް މިހާރު ވަނީ ކުރިއަށްވުރެ ފުރިހަމަކޮށްފައެވެ. މި ގެނެވުނު ބަދަލާއެކު، މި ސްކީމުގައި ބައިވެރިވެ އިންވެސްޓްކުރާ ފަރާތްތަކަށް ލިބޭ ފައިދާ ނުވަތަ ނަފާ، ކަސްޓަމަރުންގެ ޑޮލަރު އެކައުންޓަށް ސީދާ ޖަމާވަމުން ދާނެއެވެ. މިއީ ބޭންކުގެ ކަސްޓަމަރުންނަށް ލިބޭ މަންފާ އިތުރުކޮށް، އިންވެސްޓްމަންޓްތަކުން ލިބޭ ކުރިއެރުން ބޮޑުކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ބޭންކުން ބުނެއެވެ.
މި ސްކީމަކީ ބޭންކަށް ބޭރު ފައިސާ ނުވަތަ ޑޮލަރު ލިބޭނެ އިތުރު ދޮރުތައް ހުޅުވާލުމަށާއި، ރައްކާތެރިކަމާއެކު ފައިދާހުރި އިންވެސްޓްމަންޓް ފުރުސަތުތަކެއް ކަސްޓަމަރުންނަށް ފަހިކޮށްދިނުމުގެ މަގުސަދުގައި ފެށި މަސައްކަތެކެވެ. އައު އުސޫލުގެ ދަށުން، އިންވެސްޓްމަންޓުން ލިބޭ ނަފާގެ އިތުރުން، އިންވެސްޓްކުރި އަސްލު އަދަދު ވެސް ޖަމާވާނީ ޑޮލަރުންނެވެ. ނަމަވެސް، ބީއެމްއެލްއިން ފާހަގަކުރި ގޮތުގައި އިންވެސްޓްމަންޓުގެ މުއްދަތު ހަމަވުމުން، އިންވެސްޓްކުރި އަދަދު ރަސްމީ އެކްސްޗޭންޖް ރޭޓުގައި ދިވެހި ރުފިޔާއަށް މާރުކުރަން ޖެހޭނެއެވެ.
މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ބީއެމްއެލްއިން މި ސްކީމް އަލަށް ތައާރަފުކުރިއިރު، އިންވެސްޓްމަންޓުގެ ފައިދާ ލިބޭ ގޮތަށް އޮތީ ދިވެހި ރުފިޔާއިންނެވެ. އެގޮތުން ކުރިން އޮތް އުސޫލަކީ ޑޮލަރު އިންވެސްޓްކުރުމުން 25 ޕަސެންޓާ ހަމައަށް ރުފިޔާއިން ފައިދާ ލިބުމެވެ. އަދި އޭރު އިންވެސްޓްކުރާ ޑޮލަރުގެ އަދަދަށްވާ ރުފިޔާ ވަގުތުން އެކައުންޓަށް ޖަމާވާއިރު، ފައިދާ ޖަމާވަނީ ޖެހިގެން އަންނަ ދުވަހުއެވެ. ނަމަވެސް މިއަދު ގެނައި ބަދަލާއެކު މި ހުރިހާ މުއާމަލާތެއް ވެސް ހިނގާނީ ޑޮލަރުންނެވެ.
ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕްލިކޭޝަން ނުވަތަ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކޮންމެ ކަސްޓަމަރަކަށް ވެސް ވަރަށް ފަސޭހަކަމާއެކު މި ސްކީމުގައި ބައިވެރިވެވޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު