ހުޅުމާލެ ފޭސް 2 ގައި ޒަމާނީ ފެންވަރުގެ ވެޓް މާކެޓެއް ބިނާކުރުމަށާއި، ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ދިމާވެފައިވާ ނަރުދަމާގެ މައްސަލަ ހައްލުކުރުމަށް އެމް.ޑަބްލިއު.އެސް.ސީ އަށް އެންގުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 11 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މި ދެ ހުށަހެޅުން ކައުންސިލަށް ހުށަހެޅުއްވީ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާ (ޒާޔާ) އެވެ.
ޒާޔާ ވިދާޅުވި ގޮތުގައި، ވިލިމާލެ އާއި ހުޅުމާލެ ފޭސް 2 ގައި ޒަމާނީ ފެންވަރުގެ މާރުކޭޓެއް ތަރައްގީކުރުމުގެ މައިގަނޑު މަގުސަދަކީ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ސާފުތާހިރުކަމާއެކު ކަނޑުމަހާއި މޭވާ އަދި ތަރުކާރީ ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. ވަކިން ހާއްސަކޮށް، ދާދިފަހުން ހުޅުމާލެ މާރުކޭޓުން ފެނުނު ސާފުތާހިރުކަން ކުޑަ މަންޒަރުތަކާ ގުޅިގެން، މާރުކޭޓުތަކުގެ ފެންވަރު މަތިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
އަލަށް ތަރައްގީކުރާ މާރުކޭޓުގައި މަސް ގަނޑުކުރެވޭނެ ނިޒާމާއި، ސޫފިތަކަށް ނުވަދެވޭނެހެން ތަރުކާރީ އާއި މޭވާ ރައްކާކުރެވޭނެ ޖާގަތަކުގެ އިތުރުން ފުޑް ކޯޓާއި ފާހާނާ ފަދަ ޒަމާނީ ވަސީލަތްތައް ހިމެނުމަށް ވަނީ ހުށަހަޅާފައެވެ. އަދި ތިލަމާލެ ބްރިޖާއެކު ވިލިމާލޭގެ އާބާދީ އިތުރުވަމުންދާއިރު، އެ އަވަށުގައިވެސް ފެންވަރު ރަނގަޅު ހިދުމަތްތައް ގާއިމުކުރުމަކީ ކައުންސިލްގެ މުހިންމު މަސްއޫލިއްޔަތެއްކަން ޒާޔާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ބައެއް ސަރަހައްދުތަކުގެ ޖަންކްޝަންތަކުން ނަޖިސް ބޭރުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ހާއްސަ މަޝްރޫއެއް އަވަސްކުރުމަށް އެމް.ޑަބްލިއު.އެސް.ސީ އަށް އެންގުމަށްވެސް ކައުންސިލުން ވަނީ ފާސްކޮށްފައެވެ.
ކައުންސިލަރު ޒާޔާ ފާހަގަކުރެއްވި ގޮތުގައި، އުސް އިމާރާތްތައް އިތުރުވުމުގެ ސަބަބުން ނަރުދަމާ ނިޒާމަށް ބާރުބޮޑުވެ، ތިމާވެއްޓަށާއި އާންމު ސިއްހަތަށް ނުރައްކާވަމުންދާތީ، އެ ސަރަހައްދުތަކުގެ ނަރުދަމާ ލައިންތައް އަލުން ފަރުމާކޮށް، އެ މަސައްކަތުގެ ތަފްސީލު ކައުންސިލާ ހިއްސާކުރުމަށް އެމް.ޑަބްލިއު.އެސް.ސީގައި އެދުމަށް ވަނީ ނިންމާފައެވެ. މިއީ ހުޅުމާލޭގެ ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުންތަކަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.

ކިޔުންތެރިންގެ ހިޔާލު