ޝައިޚް އިލްޔާސް ހުސައިން
ޝައިޚް އިލްޔާސް ހުސައިން
ކީރިތި ރަސޫލާއަށް ފުރައްސާރަކުރާ ފަރާތްތަކާ ގުޅުން ކަނޑާލަންޖެހޭކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

ޝައިޚް އިލްޔާސް މިހެން ވިދާޅުވެފައި މިވަނީ ފްރާންސް ސަރުކާރުން އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކުރުމަށް ހިތްވަރުދޭ ގޮތަށް ވާހަކަދައްކަމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮން ވިދާޅުވެފައިވަނީ އިސްލާމް ދީނަކީ ޓެރަރިޒަމްގެ އަސްލުކަމަށާއި ރަސޫލާއަށް ކާޓޫން ކުރެހުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަންކަމަށެވެ. މިކަމާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުން ދަނީ ފްރާންސް ސަރުކާރާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

މިކަމާ ގުޅޭގޮތުން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިލްޔާސް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ރަސޫލާއަށް ކާޓޫން ކުރަހައި، މަލާމާތްކޮށް ފުރައްސާރަކުރުމަކީ އެއްވެސް ހާލަތެއްގައި މުސްލިމުން ބަލައިގަންނާނެކަމެއް ނޫންކަމަށެވެ. އަދި އެފަދަ އަމަލު ހިންގާ ބަޔަކާ ގުުޅުން ކަނޑާލުމަކީ ނަބިއްޔާގެ ދިފާއުގައި މުސްލިމުން ކުރަންޖެހޭކަމެއްކަމަށް އިލްޔާސް ވިދާޅުވިއެވެ. އިލްޔާސް ވިދާޅުވީ ނަބިއްޔާ ދެކެ ލޯބިވުމަކީ އަޅުގަނޑުމެންގެ މައްޗަށް ވާޖިބެއްކަމަށެވެ.



ޝައިޚް އިލްޔާސް ވިދާޅުވީ ފުރިހަމަ މުސްލިމެއްކަމަށް ބެލެވޭނީ މައިންބަފައިންނާއި ދަރިންނާއި އަދި އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް ނަބިއްޔާ ދެކެ ލޯބިވާނަމައެވެ. އެހެން ނޫނީ ފުރިހަމަ މުއުމިނަކަށް ނުވާނެކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.



ދީނީ އިލްމުވެރިންގެ ނުރުހުން ފްރާންސްގެ ސަރުކާރަށް އަމާޒުވެފައިވާއިރު، ގިނަ ޤައުމުތަކަކުން ދަނީ ފްރާންސުން އިސްލާމްދީނާ ދެކޮޅަށް ހިންގަމުންދާ އަމަލުތައް ކުށްވެރިކުރަމުންނެވެ. އަދި ބައެއް އިސްލާމީ ޤައުމުތަކުން އަންނަނީ ފްރާންސްގެ އުފެއްދުންތައް ބޮއިކަޓްކުރުމަށްވެސް ނިންމަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


10

ޙދސަ

01-Nov-2020

އަހަރެމެން ގުޅުން ކަނޑާލިތާ ކޮންދުވަހެއް, ކަލެއޭނުން ތިހިރީ އެމީހުން ފަހަތުގަ..... ެ


29

އަބްދޫ

28-Oct-2020

ފުރައްސާރަ ކުރާ ނަސީދު ފަހަތުތިޔަ ހުންނަވަނީކީއްވެތޯ



ޓްރެންޑިން