ކުރީގެ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒު
ކުރީގެ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒު
ހަތިޔާރާއެކު ދޯންޏަކަށް އަރައި ބަޔަކަށް ބިރުދެއްކި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅަންޖެހޭކަމެއްކަމަށް ކުރީގެ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ނަވާޒު މިހެން ވިދާޅުވީ ދޯންޏެއް ގަތް މުއާމަލާތަކަށްފަހު އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދައްކާތީ ތޫނު ހަތިޔާރާއެކު ބަޔަކު އެދޯންޏަށް އަރައި، ބިރު ދެއްކުމުގެ އަމަލުތަކެއް ހިންގާފައިިވާ މައްސަލައަކާ ގުޅިގެނެވެ.

ނަވާޒު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޖާބިރު ދައްކަންޖެހޭ ފައިސާ ނުދެއްކުމުން ދޯންޏަށް ތޫނުހަތިޔާރު ހިފައިގެން އަރާ ބިރުދައްކާ މާރާމާރީއަށް މަގުފަހިވާގޮތަށް ކަންކުރުމަކީ ވަރައްސީރިއަސް މައްސަލައެއްކަމަށެވެ. އަދި އެމައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާ ފިޔަވަޅު އަޅަންޖެހޭކަމެއްކަމަށް ނަވާޒު ވިދާޅުވިއެވެ.



އިއްޔެރޭ ހިނގި މި ހާދިސާގައި ލ .އަތޮޅުގައި ތޫނު ހަތިޔާރާއެކު ދޯންޏަކަށް ބަޔަކު އެރީ އެ ދޯނި ވިއްކި ފަރާތުން ފޮނުވައިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެ ފަރާތުން ބުނަނީ އެ ދޯންޏަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އޭނާގެ އަތުން 7 މިލިއަން ރުފިޔާއަށް ބައްލަވައިގަތް ދޯންޏެއް ކަމަށެވެ. ނަމަވެސް އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ ދޯނި ލ. އަތޮޅަށް ވަނުމުން ދޯނި އަނބުރާ އަތުލަން އެ ދޯންޏަށް އެރީކަމަށް ވެރިފަރާތުން ބުނެފައިވެއެވެ.

ފުލުހުންގެ އިދާރާ އިން ބުނީ އިއްޔެރޭ 11:55 ހާއިރު ލ. އަތޮޅު އެތެރެވަރީން ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏެއް ބަލާ ލޯންޗެއްގައި ބަޔަކު ދިޔަ ކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން މިހާތަނަށް ސާފުކުރި މައުލޫމާތުން އެނގުނު ގޮތުގައި އެ ދޯންޏަށް އަރައި މާރާމާރީއެއް ހިންގާފައި ނުވާ ކަމަށާއި ލ. ގަން ތުނޑިއަށް ކައިރި ކުރަން ދޯންޏަށް އެރި ބަޔަކު އެންގި ކަމަށް ފުލުހުން ބުނެ އެވެ.

ބަޔަކު އެ ދޯންޏަށް އެރި ނަމަވެސް އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށާއި އެމީހުން އެ ދޯންޏަށް ގެންދިޔަ ތޫނު އެއްޗިހި ދޯނިތެރޭގައި ހުރުމުން އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ވެސް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ބުނީ މިހާތަނަށް އެނގިފައިވާ ގޮތުގައި މި ދޯންޏަށް ބަޔަކު އަރާފައި ވަނީ އެއްބަސްވުމަށް އަމަލު ނުކުރާ ކަމަށް ބުނެ ކަމަށެވެ.

މި މައްސަލަ ތަހްގީގުކޮށް އަޅަންޖެހޭ ފިޔަވަޅު އަޅަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. މިމައްސަލައާއި ގުޅިގެން މިހާރު ވަނީ ބަޔަކު ހައްޔަރުވެސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން