ރާއްޖޭގެ އިގްތިސާދުގައި ދައުރުވާ ދިވެހި ރުފިޔާގެ ސާޕްލަސް ލިކުއިޑިޓީ ނުވަތަ އިތުރުވެފައިވާ ފައިސާގެ މިންވަރު މަދުކުރުމަށްޓަކައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މަނިޓަރީ ޕޮލިސީ އިތުރަށް ހަރުދަނާކޮށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމައިފިއެވެ.
މަރުކަޒީ ބޭންކުގެ ބޯޑުން މިހާރު ވަނީ އިގްތިސާދުގައި ދައުރުވާ ފައިސާ ކޮންޓްރޯލް ކުރުމަށްޓަކައި މުހިންމު ދެ ފިޔަވަޅެއް އެޅުމަށް ކަނޑައަޅާފައެވެ. އެއީ ބޭންކުތަކުން އެމްއެމްއޭގައި ބަހައްޓަންޖެހޭ މިނިމަމް ރިޒަރވް ރިކުއަރމެންޓް (އެމްއާރްއާރް) މަތިކުރުމާއި، އޮޕަން މާކެޓް އޮޕަރޭޝަންސް (އޯއެމްއޯ) ފުޅާކޮށްގެން ދައުރުވާ ފައިސާގެ މިންވަރު ދަށްކުރުމެވެ.
މި ނިންމުމާ އެއްގޮތަށް، އަންނަ ސެޕްޓެމްބަރު މަހުން ފެށިގެން އެމްއާރްއާރްގެ ގޮތުގައި ބަހައްޓަންޖެހޭ މިންވަރު 10.5 އިންސައްތައިން 11.0 އިންސައްތައަށް މަތިކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، 2027 ވަނަ އަހަރުގެ ނިޔަލަށް ކޮންމެ ތިން މަހަކުން އެމްއެމްއޭގެ ބޯޑުން މާކެޓް ރިވިއުކުރުމަށްފަހު، ދިވެހި ރުފިޔާގެ އެމްއާރްއާރް މަޑުމަޑުން އިތުރުކުރަމުން ގޮސް، 2027 ޑިސެމްބަރު މަހާ ހަމައަށް އެ އަދަދު 13 އިންސައްތައަށް މަތިކުރުމަކީ އެ އޮތޯރިޓީގެ އަމާޒެކެވެ.
އެމްއެމްއޭއިން އިތުރަށް ބުނީ، އޮޕަން މާކެޓް އޮޕަރޭޝަންސް 10 ބޭސިސް ޕޮއިންޓަށް އިތުރުކުރުމަށް ވެސް މިހާރު ނިންމާފައިވާ ކަމަށެވެ. އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2025 ވަނަ އަހަރުގެ ޖުލައި މަހު އޯއެމްއޯ އަލުން ހިންގަން ފެށިފަހުން، ބޭންކިންގ ނިޒާމުގައި ހުރި އެކްސެސް ލިކުއިޑިޓީގެ ތެރެއިން 2026 ޖުލައި މަހުގެ ނިޔަލަށް އެވްރެޖްކޮށް 2.7 ބިލިއަން ރުފިޔާ ވަނީ ނިޒާމުގެ ތެރެއިން ނެގިފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ކުރު މުއްދަތުގެ ލިކުއިޑިޓީ 6.5 ބިލިއަން ރުފިޔާއިން 3.7 ބިލިއަން ރުފިޔާއަށް ވަނީ ކުޑަކުރެވިފައެވެ.
މި ބަދަލުތައް ގެންނަން މަރުކަޒީ ބޭންކުން ނިންމާފައި މިވަނީ، ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، ރައްޔިތުންގެ ކަންބޮޑުވުން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ފާއިތުވި ދެ އަހަރާ ބައިގެ ތެރޭގައި ޑޮލަރެއްގެ އަގު 17 ރުފިޔާއިން ފެށިގެން އުފުލެމުން ގޮސް، މިހާރު ވަނީ ކަޅު ބާޒާރުގައި 21.60 ރުފިޔާއަށް އަރާފައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދުގައި ދައުރުވާ ފައިސާ މަދުވެ، ރުފިޔާގެ އަގު ހިފެހެއްޓުމަށް މަގުފަހިވާނެ ކަމަށް އެމްއެމްއޭ އިން ލަފާކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު