ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު
ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު
ރާއްޖޭގެ ކުށުގެ ވެށީގައި ބޮޑެތި މައްސަލަތައް ހުރިއިރުވެސް ޕީޖީ ޝަމީމަށް މުހިއްމުފުޅުވީ ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް ދައުވާކުރުންކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ހަޑީހުތުރު ބަހުން ވާހަކަ ދެއްކެވި މައްސަލައިގައި ކުރީގެ މަޖިލިސް މެންބަރ އަބްދުއްރަހީމް، އަަދުރޭގެ މައްޗަށް ދައުވާކުރަން ފޮނުވި މައްސަލައިގައި ވާހަކަދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ޤައުމުގައި ހުރި ހުރިހާ ބޮޑެތި މައްސަލަތައް އެއް ފަރާތްކޮށްފައި ޕްރޮސެކިއުޓަރ ޖެނަރަލް ހުސައިން ޝަމީމް ޕީއެންސީގެ ލީޑަރަށް ދައުވާކުރަން ދިއުމުން ހައިރާންވެ ވަޑައި ނުގަންނަވާކަމަށެވެ.

ޖަމީލްގެ ޓްވީޓްގައި ޖިންސީ ގޯނާއާއި، މެމްބަރުންނަށް އަނިޔާކުރުމާއި ކޮރަޕްޝަނަކީ މައްސަލައެއް ނޫންތޯ ވިދާޅުވެ ވަނީ ސުވާލުކުރައްވާފައެވެ. އަދި މިފެންނަނީ ސިޔާސީ މިނިވަންކަމުގެ އާ މަފްހޫމެއްތޯވެސް ޖަމީލް އައްސަވާފައިވެއެވެ.



އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ، އަދުރޭގެ މައްޗަށް ދައުވާކުރަން ޕީޖީން ކޯޓަށް ހުށަހަޅާފައިވާއިރު އަދުރޭގެ މައްޗަށް ދައުވާކުރަން ކުރިމިނަލް ކޯޓަށް ފޮނުވިކަން އަންގައި އޭނާއަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ކުރާ ދައުވާއަކީ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުން ކުރާ ދައުވާއެއް ކަމަށެވެ. އެ މެސެޖުގައި ދައުވާކުރަނީ ކޮން ޤާނޫނެއްގެ ކޮން މާއްދާއެއްގެ ދަށުން ކަމެއް ބުނެފައެއް ނުވެއެވެ.

އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ މިއީ އިދިކޮޅު އިއްތިހާދު ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅަކީ އަބްދުއްރަހީމް ކަމުގައިވާތީ އޭނާ އަށް ބިރު ދެއްކުމަށް ކުރާ ކަމެއް ކަމަށެވެ. އެއީ އިދިކޮޅުން ސަރުކާރު ޖަވާބުދާރީކުރުވަން ކުރަމުން އަންނަ މަސައްކަތަށް ހުރަސްއެޅުމުގެ ގޮތުން ހިންގާފައިވާ ކަމެއް ކަމަށް ހީނާ ސިފަކުރެއްވިއެވެ.

ޢަބްދުއްރަޙީމުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވި ދުވަހު އޭނާ ކޯޓުގެ ބޭރުގައި ހުންނަވައި ދެއްކެވި ވާހަކަ އާއި ގުޅިގެން ކަމަށް ބެލެވެއެވެ. އެކަމާ ގުޅިގެން މީގެކުރިން ޢަބްދުއްރަޙީމު ފުލުހަށް ހާޒިރުކޮށް ވަނީ ސުވާލުކޮށްފައެވެ. އަބުދުއްރަހީމް އަކީ ޖަޒުބާތުގައި ޖެހިގެން ބައެއް ޖަލްސާތަކާއި ނޫސްވެރިންގެ ބައްދަލުވުންތަކުގައިވެސް ތަންކޮޅެއް ހުތުރު ބަހުރުވަ ބައެއް ފަހަރު ބޭނުން ކުރަށްވާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން