ދިވެހިރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ގެންނަންޖެހޭ މުހިންމު ބަދަލުތަކާ ގުޅޭ މަޢުލޫމާތު ދިނުމަށާއި، އެކަމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި "ބޮޑު ބަދަލު" ގެ ނަމުގައި ހާއްސަ ވެބްސައިޓެއް އެމްޑީޕީން މިއަދު އިފްތިތާހުކޮށްފިއެވެ.
މި ވެބްސައިޓު އިފްތިތާހު ކޮށްދެއްވީ އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. މިއީ ރާއްޖޭގެ ވެރިކަމުގެ އޮނިގަނޑަށް ގެންނަންޖެހޭ އިސްލާހުތަކާ ގުޅޭގޮތުން އެމްޑީޕީން ފަށާފައިވާ "ބޮޑު ބަދަލު" ކެމްޕޭނުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
މި ހަރަކާތާ ގުޅޭގޮތުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ، ފާއިތުވި 18 އަހަރުގެ ތަޖުރިބާއަށް ބަލާއިރު، މިހާރު އޮތް ފެހި ގާނޫނުއަސާސީގެ ދަށުން ރާއްޖެ ހިންގުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިންތިހާ ބާރުތަކުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުގެ ނުފޫޒު ފޯރުވާ "ގޮނޑިކޮއްކޮ" ތަނަކަށް ބަދަލުވަމުންދާ ދިއުމަށް ހައްލެއް ބޭނުންވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ފައްޔާޒު ވަނީ ރާއްޖޭގެ ޝަރުއީ ނިޒާމަށް ސިޔާސީ ނުފޫޒު ވަދެ، ނިޒާމު ގަޑުބަޑުވެފައިވާ މައްސަލައަށް އަވަސް ފަރުވާއެއް ބޭނުންވާކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީން ހުށަހަޅާ މި "ބޮޑު ބަދަލަކީ" ދައުލަތުގެ ބާރުތައް ހަގީގީ މާނައިގައި ވަކިވެފައިވާ، އަދި ރައްޔިތުންގެ ފުރިހަމަ ބާރުވެރިކަން އޮންނާނެ ނިޒާމެއް ގާއިމުކުރުމެވެ.
އަލަށް ލޯންޗުކުރި ވެބްސައިޓަކީ މި ބަދަލުތަކާ މެދު ރައްޔިތުންގެ ފާޑުކިޔުމާއި ހިޔާލު ހޯދުމަށް ހުޅުވާލެވުނު ފުރުސަތެކެވެ. އެމްޑީޕީން ވަނީ ވީހާވެސް ގިނަ ރައްޔިތުން މި ވެބްސައިޓު މެދުވެރިކޮށް ހިޔާލު ހިއްސާކުރުމަށް އެދިފައެވެ.

"ބޮޑުބަދަލު" ގެ ހުށަހެޅުންތަކަށް ރައްޔިތުންގެ ހިޔާލު ބޭނުންވޭ.
— MDP Secretariat (@MDPSecretariat) August 7, 2026
އެމްޑީޕީގެ ޗެއަރޕާސަން ރައީސް @MohamedNasheed މިއަދު އިފްތިތާހު ކޮށްދެއްވި ވެބްސައިޓް މެދުވެރިކޮށް ތިޔަ ބޭފުޅުންގެ ހިޔާލާއި މަޝްވަރާ ހިއްސާކުރައްވާ.
Chairperson President @MohamedNasheed has launched the… pic.twitter.com/UE8ahKrXGR
މި ހަރަކާތާ ގުޅޭގޮތުން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ، ފާއިތުވި 18 އަހަރުގެ ތަޖުރިބާއަށް ބަލާއިރު، މިހާރު އޮތް ފެހި ގާނޫނުއަސާސީގެ ދަށުން ރާއްޖެ ހިންގުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިންތިހާ ބާރުތަކުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުގެ ނުފޫޒު ފޯރުވާ "ގޮނޑިކޮއްކޮ" ތަނަކަށް ބަދަލުވަމުންދާ ދިއުމަށް ހައްލެއް ބޭނުންވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ފައްޔާޒު ވަނީ ރާއްޖޭގެ ޝަރުއީ ނިޒާމަށް ސިޔާސީ ނުފޫޒު ވަދެ، ނިޒާމު ގަޑުބަޑުވެފައިވާ މައްސަލައަށް އަވަސް ފަރުވާއެއް ބޭނުންވާކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީން ހުށަހަޅާ މި "ބޮޑު ބަދަލަކީ" ދައުލަތުގެ ބާރުތައް ހަގީގީ މާނައިގައި ވަކިވެފައިވާ، އަދި ރައްޔިތުންގެ ފުރިހަމަ ބާރުވެރިކަން އޮންނާނެ ނިޒާމެއް ގާއިމުކުރުމެވެ.
ފެހި ގާނޫނުއަސާސީ އާއެކު ފާއިތުވި 18 އަހަރު އަޅުގަނޑުމެންނަށް ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު ދިވެހިރާއްޖެ ހިންގުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް އަންނަންޖެހޭ. ރައީސުލްޖުމްހޫރިއްޔާގެ ހައްދެއް ނެތް ބާރުތަކާއި، ރައްޔިތުންގެ ވޯޓުން ހޮވާ މަޖިލިސް ސަރުކާާރުގެ ގޮނޑިކޮއްކޮ… https://t.co/J5K1Fkfoxt
— Fayyaz Ismail (@faya_i) August 7, 2026
އަލަށް ލޯންޗުކުރި ވެބްސައިޓަކީ މި ބަދަލުތަކާ މެދު ރައްޔިތުންގެ ފާޑުކިޔުމާއި ހިޔާލު ހޯދުމަށް ހުޅުވާލެވުނު ފުރުސަތެކެވެ. އެމްޑީޕީން ވަނީ ވީހާވެސް ގިނަ ރައްޔިތުން މި ވެބްސައިޓު މެދުވެރިކޮށް ހިޔާލު ހިއްސާކުރުމަށް އެދިފައެވެ.
ކިޔުންތެރިންގެ ހިޔާލު