އަހުމަދު މަސްނޫމް   27 އޮކްޓޯބަރު 2020 - 15:20
ޕްރިންސް އަޒީމް
ޕްރިންސް އަޒީމް
ބްރުނާއީގެ ރަސްގެފާނު ހަސަނުލް ބުލްކިޔާގެ ދަރިކަލުން، ޕްރިންސް އަޒީމް އަވަހާރަވެއްޖެއެވެ.

އުމުރުފުޅުން 38 އަހަރުގެ އަޒީމް އަވާހަރަވިކަން ބުރުނާއީގެ ސަރުކާރުން ޔަޤީންކޮށްދިނަސް، އޭނާ އަވަހާރަވި ސަބަބު އެޤައުމުން ހާމަކޮށްފައެއް ނުވެއެވެ.



އަޒީމްއަކީ ބުްރުނާއީގެ ރަސްގެފާނުގެ 12 ބޭފުޅުންގެ ތެރެއިން ދެވަނައަށް ލިބިވަޑައިގަތް ފިރިހެން ދަރިކަލެވެ. އަޒީމްގެ ޖަނާޒާ ހޮނިހިރު ދުވަހު ބާއްވާފައިވާއިރު، އޭނާ އަވަހާރަވުމުން ބުރުނާއީގައި ވަނީ ހިތާމަފާޅުކުރުމުގެ 7 ދުވަސް އިއުލާންކޮށްފައެވެ.



ބުރުނާއީއަކީ އިސްލާމީ ޤައުމަކަށްވިޔަސް، ޕްރިންސް އަޒީމް ބޮޑަށް ފާހަގަވެފައިވަނީ އިސްލާމީ އުސޫލުތަކާ ޚިލާފު އަމަލުތައް ހިންގަވާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން ހޮލީވުޑްގެ މަޝްހޫރު ސެލެބްރިޓީންނާއެކު ބޮޑެތި ޕާޓީތައް ބޭއްވުމުގައި އޭނާ ވަނީ މަޝްހޫރުވެފައެވެ. މީގެއިތުރުން އޭނާއަކީ ހޮލީވުޑްގެ ބައެއް ފިލްމުތައް ޕްރޮޑިއުސްވެސް ކޮށްފައިވާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން