އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ވައިޓް ހައުސްގައި ބިނާކުރަން ފަށާފައިވާ 400 މިލިއަން ޑޮލަރުގެ ބޯލްރޫމްގެ މަސައްކަތް، ކޮންގްރެސްގެ ހުއްދަ ނެތި ކުރިއަށް ނުގެންދެވޭނެ ކަމަށް އެމެރިކާގެ އިސްތިއުނާފީ ކޯޓަކުން ހުކުމްކޮށްފިއެވެ.
މި ނިންމުމަކީ "އިންސާފެއް ނެތް" ނިންމުމެއް ކަމަށް ސިފަކުރައްވައި، ރައީސް ޓްރަމްޕް ވަނީ މި މައްސަލަ އެމެރިކާގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އެމެރިކާގެ ޑިސްޓްރިކްޓް އޮފް ކޮލަމްބިއާ ސާކިއުޓްގެ އިސްތިއުނާފީ ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗުން ނިންމެވި ގޮތުގައި، ވައިޓް ހައުސްގެ އީސްޓް ވިންގް ތަޅާލުމަށްފަހު އެތަނުގައި 90،000 އަކަފޫޓުގެ ބޮޑު ބޯލްރޫމެއް ބިނާކުރުމުގެ އަމިއްލަ އިޚްތިޔާރާއި ބާރު ރައީސަށް ލިބިގެން ނުވެއެވެ.
މި ހުކުމާ ގުޅިގެން ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގައި ވިދާޅުވީ، ކޯޓުގެ މި ނިންމުން ވަގުތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށެވެ.
މި ހަފުތާގެ ތެރޭގައި ޓްރަމްޕްގެ އިމާރާތްކުރުމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން ފެންމަތިވި ދެވަނަ މައްސަލައަކީ، ލިންކަން މެމޯރިއަލް އާއި އާލިންގްޓަން ގައުމީ ގަބުރުސްތާނާ ދެމެދު ބިނާކުރަން ހުށަހަޅާފައިވާ 250 ފޫޓު އުސް "ޓްރަޔަމްފަލް އާޗް" ނުވަތަ ކާމިޔާބީގެ ރަމްޒީ ބިނާގެ މައްސަލައެވެ. ނޭޝަނަލް ޕާކް ސާވިސްއިން ހެދި ދިރާސާއަކުން ދައްކާގޮތުގައި، މި ބިނާގެ ސަބަބުން އެ ސަރަހައްދުގައިވާ ތާރީޚީ ތަންތަނުގެ އަގު ގެއްލިގެންދާނެއެވެ.
ބޯލްރޫމްގެ މައްސަލައިގައި ކޯޓުން ބުނެފައިވަނީ، މިފަދަ ބޮޑު ބޯލްރޫމެއް ބިނާކުރުމާ މެދު ގޮތް ނިންމާނީ ކޮންގްރެސްއިން ކަމަށާއި، އެއީ ރައީސަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި ނިންމުމަކީ އެ އިމާރާތް ބިނާކުރުމުގެ ރަނގަޅު ނުވަތަ ނުބައިކަމުގެ މައްޗަށް ބިނާކޮށްފައިވާ ނިންމުމެއް ނޫން ކަމަށާއި، މިއީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގައިވާ ގޮތުގެ މަތިން ކޮންގްރެސްގެ ހުއްދަ ހޯދަންޖެހޭނެތީ ނިންމި ނިންމުމެއް ކަމަށް ކޯޓުން ބަޔާންކޮށްފައިވެއެވެ.
ކޯޓުން ވަނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް ފުރުސަތު ދިނުމުގެ ގޮތުން، މި ހުކުމަށް އަމަލުކުރުން ދެ ހަފުތާގެ މުއްދަތަށް ފަސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު