ކުންފުނިތަކާއި މުއައްސަސާތަކުގެ މުވައްޒަފުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމާއި، ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އާލާކުރުމުގެ މަގްސަދުގައި ބޭއްވި ރާއްޖޭގެ ފުރަތަމަ ކޯޕަރޭޓް ރަން "ބީއެމްއެލް ވީރަން - ކޯޕަރޭޓްސް" މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ވީރަން މޯލްޑިވްސް އިން އިންތިޒާމުކުރި މި ތާރީޚީ ހަރަކާތަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު ވެފައިވާ ޕާޓްނަރޝިޕްގެ ދަށުން އެ ބޭންކުގެ ބޮޑު އެހީތެރިކަމަކާއެކު ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މި ކޯޕަރޭޓް ރިލޭ ރޭހަކީ ރާއްޖޭގައި ހަރަކާތްތެރިވާ ކުންފުނިތަކާއި، ސަރުކާރުގެ އިދާރާތަކާއި، އަދި މަދަނީ
ޖަމްޢިއްޔާތަކަށް ޚާއްސަކޮށްގެން ބޭއްވި ފޯރިގަދަ ހަރަކާތެކެވެ. މި ރޭސް ކުރިއަށްގެންގޮސްފައިވަނީ ކޮންމެ ޓީމެއްގައި ފަސް ދުވުންތެރިން ހިމެނޭ ގޮތަށް، ކޮންމެ ބައިވެރިޔަކު އެއް ކިލޯމީޓަރުގެ ދުރުމިނަކަށް ދުވާ ރިލޭ ފޯމެޓަކަށެވެ.
މިއީ ރާއްޖޭގެ ތާރީޚުގައި ބޭއްވުނު މިފަދަ ފުރަތަމަ ކޯޕަރޭޓް ރިލޭ ރޭހަށް ވާއިރު، މި ހަރަކާތް ފާހަގަވެގެން ގޮސްފައިވަނީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ބޭއްވި ރޭހެއްގެ ގޮތުގައެވެ. އެގޮތުން، ރޭސް ނިންމުމަށް ހޭދަވާ ވަގުތު ދެނެގަތުމަށްޓަކައި، ރިލޭ ބެޓަންގެ އެތެރޭގައި ޓައިމިންގް ޗިޕެއް ހިމަނައިގެން ރާއްޖޭގައި ބޭއްވި ފުރަތަމަ ދުވުމަކީވެސް މިއީއެވެ.
މި ދުވުމުގައި ޖުމްލަ 18 ޓީމަކުން ވާދަކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ފިރިހެނުންގެ 11 ޓީމާއި އަންހެނުންގެ 7 ޓީމެވެ.
މި ހަރަކާތުން ވަނަވަނައަށް ދިޔަ ފަރާތްތަކަކީ:
ފިރިހެނުންގެ ބައި:
- ޗެމްޕިއަން: ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން
- 1 ވަނަ ރަނަރއަޕް: ރަންއިންމޯޑް އެތުލެޓިކްސް
- 2 ވަނަ ރަނަރއަޕް: ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ވީރަން ކޯޕަރޭޓްސް، ފިރިހެނުންގެ ބައިން ވަނަތައް ހާސިލްކުރި ޓީމުތައް، ފޮޓޯ: ބީއެމްއެލް
އަންހެނުންގެ ބައި:
- ޗެމްޕިއަން: ރަންއިންމޯޑް އެތުލެޓިކްސް
- 1 ވަނަ ރަނަރއަޕް: ކްރޮސްރޯޑްސް އައިލެންޑް ސްޕްރިންޓާސް
- 2 ވަނަ ރަނަރއަޕް: އޭޑީކޭ ސިނަރޖީ

ބީއެމްއެލް ވީރަން ކޯޕަރޭޓްސް، އަންހެނުންގެ ބައިން ވަނަތައް ހާސިލްކުރި ޓީމުތައް، ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ރާއްޖޭގެ އިޖުތިމާއީ ކުރިއެރުމާއި، ހަށިހެޔޮ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް މަގުފަހިކޮށްދޭ މިފަދަ ގިނަ ހަރަކާތްތަކަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ވަކިން ހާއްސަކޮށް، މުޅި ރާއްޖޭގައި ކުޅިވަރުގެ ރޫހު އާލާކުރުމަށް ބޭންކުން ދަނީ މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންނެވެ.
ވީރަން މޯލްޑިވްސް އިން އިންތިޒާމުކުރި މި ތާރީޚީ ހަރަކާތަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއެކު ވެފައިވާ ޕާޓްނަރޝިޕްގެ ދަށުން އެ ބޭންކުގެ ބޮޑު އެހީތެރިކަމަކާއެކު ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
މި ކޯޕަރޭޓް ރިލޭ ރޭހަކީ ރާއްޖޭގައި ހަރަކާތްތެރިވާ ކުންފުނިތަކާއި، ސަރުކާރުގެ އިދާރާތަކާއި، އަދި މަދަނީ
ޖަމްޢިއްޔާތަކަށް ޚާއްސަކޮށްގެން ބޭއްވި ފޯރިގަދަ ހަރަކާތެކެވެ. މި ރޭސް ކުރިއަށްގެންގޮސްފައިވަނީ ކޮންމެ ޓީމެއްގައި ފަސް ދުވުންތެރިން ހިމެނޭ ގޮތަށް، ކޮންމެ ބައިވެރިޔަކު އެއް ކިލޯމީޓަރުގެ ދުރުމިނަކަށް ދުވާ ރިލޭ ފޯމެޓަކަށެވެ.
މިއީ ރާއްޖޭގެ ތާރީޚުގައި ބޭއްވުނު މިފަދަ ފުރަތަމަ ކޯޕަރޭޓް ރިލޭ ރޭހަށް ވާއިރު، މި ހަރަކާތް ފާހަގަވެގެން ގޮސްފައިވަނީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ބޭއްވި ރޭހެއްގެ ގޮތުގައެވެ. އެގޮތުން، ރޭސް ނިންމުމަށް ހޭދަވާ ވަގުތު ދެނެގަތުމަށްޓަކައި، ރިލޭ ބެޓަންގެ އެތެރޭގައި ޓައިމިންގް ޗިޕެއް ހިމަނައިގެން ރާއްޖޭގައި ބޭއްވި ފުރަތަމަ ދުވުމަކީވެސް މިއީއެވެ.
މި ދުވުމުގައި ޖުމްލަ 18 ޓީމަކުން ވާދަކޮށްފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ ފިރިހެނުންގެ 11 ޓީމާއި އަންހެނުންގެ 7 ޓީމެވެ.
މި ހަރަކާތުން ވަނަވަނައަށް ދިޔަ ފަރާތްތަކަކީ:
ފިރިހެނުންގެ ބައި:
- ޗެމްޕިއަން: ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން
- 1 ވަނަ ރަނަރއަޕް: ރަންއިންމޯޑް އެތުލެޓިކްސް
- 2 ވަނަ ރަނަރއަޕް: ބޭންކް އޮފް މޯލްޑިވްސް

އަންހެނުންގެ ބައި:
- ޗެމްޕިއަން: ރަންއިންމޯޑް އެތުލެޓިކްސް
- 1 ވަނަ ރަނަރއަޕް: ކްރޮސްރޯޑްސް އައިލެންޑް ސްޕްރިންޓާސް
- 2 ވަނަ ރަނަރއަޕް: އޭޑީކޭ ސިނަރޖީ

ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ރާއްޖޭގެ އިޖުތިމާއީ ކުރިއެރުމާއި، ހަށިހެޔޮ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް މަގުފަހިކޮށްދޭ މިފަދަ ގިނަ ހަރަކާތްތަކަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ވަކިން ހާއްސަކޮށް، މުޅި ރާއްޖޭގައި ކުޅިވަރުގެ ރޫހު އާލާކުރުމަށް ބޭންކުން ދަނީ މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު