ހުޅުމާލޭ ހޮސްޕިޓަލުގެ މުވައްޒަފަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
އެ ހޮސްޕިޓަލުން މި ބަޔާން ނެރެފައިވަނީ ހުޅުމާލޭ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ދިޔަ މީހަކަށް އެ ހޮސްޕިޓަލުގެ ޑޮކްޓަރަކު ޖިންސީ ގޯނާ ކުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
މިކަމާ ގުޅިގެން ހުޅުމާލޭ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ހޮސްޕިޓަލުގެ މުވައްޒަފަކާ ގުޅޭގޮތުން މީސް މީޑިއާގައި ދައުރުވަމުންދާ ވާހަކަތައް އެ މުއައްސަސާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން، އެއީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫންކަން ފާހަގަކުރެވިފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ބުނި ގޮތުގައި، އެ ހޮސްޕިޓަލަކީ އަބަދުވެސް ބަލިމީހުންގެ ރައްކާތެރިކަމާއި، ކަރާމަތާއި، އަމިއްލަ މިނިވަންކަމުގެ އިތުރުން އިތުބާރު ދެމެހެއްޓުމަށް އެންމެ ބޮޑު އިސްކަމެއް ދީގެން ހިދުމަތް ފޯރުކޮށްދޭ ތަނެކެވެ. އަދި ބަލިމީހުން ހުށަހަޅާ ކޮންމެ ކަންބޮޑުވުމަކީ ނުވަތަ މައްސަލައަކީވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ކަނޑައެޅިފައިވާ ސިޔާސަތުތަކާއި ގާނޫނުތަކުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަންވެސް އެ ހޮސްޕިޓަލުން ވަނީ ދީފައެވެ.
"ދައުލަތުގެ ސިއްހީ ހިދުމަތްދޭ މުއައްސަސާއަކަށް ވުމުން ބަލިމީހުންނާއި މުވައްޒަފުންގެ އަމިއްލަ މައުލޫމާތާއި ސިއްރުތައް ހިފެހެއްޓުމަކީ ކަނޑައެޅިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް މި ހޮސްޕިޓަލުން ކަށަވަރުކުރާނެ ކަންކަން،" ހޮސްޕިޓަލުގެ ބަޔާނުގައި ވެއެވެ.
ހޮސްޕިޓަލުން އިތުރަށް ބުނީ، ހަގީގަތް ބެލުމެއްނެތި ފަތުރާ މިފަދަ މައުލޫމާތުތަކުގެ ސަބަބުން ހިދުމަތް ހޯދާ ފަރާތްތަކާއި، ސިއްހީ ހިދުމަތްތެރިން އަދި އެފަރާތްތަކުގެ އާއިލާތަކަށް ނަފްސާނީ ނުތަނަވަސްކަން ލިބޭ ކަމަށެވެ. އަދި މީގެ ސަބަބުން ސިއްހީ ހިދުމަތަށް އޮންނަ އިތުބާރު ގެއްލި، ހިދުމަތް ފޯރުކޮށްދިނުމުގައި ދަތިތަކާ ކުރިމަތިވާ ކަމަށްވެސް ހޮސްޕިޓަލުން ފާހަގަކުރެއެވެ.
އެހެންކަމުން، ކަށަވަރުނުވާ ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށް ހުޅުމާލޭ ހޮސްޕިޓަލުން ވަނީ އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. އަދި ރައްޔިތުން އެ ހޮސްޕިޓަލަށް ކުރާ އިތުބާރަށް ޝުކުރު އަދާކުރަމުން، ކުރިއަށް އޮތް ތަނުގައިވެސް އަހްލާގީ އަދި ފަންނީ މިންގަނޑުތަކަށް ފެތޭ، ބަލިމީހުންނަށް އިސްކަންދޭ ހިދުމަތެއް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު