ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް: ސިއްހީ ހާލުކޮޅު ގޯސްވެ އޭޑިކޭގައި ފަރުވާދެނީ
ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް: ސިއްހީ ހާލުކޮޅު ގޯސްވެ އޭޑިކޭގައި ފަރުވާދެނީ
ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ ހުންގަދަވެގެން ކަމަށް ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ޕީޕިއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ހާލުކޮޅު ދެރަވެގެން އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައީ މަޖިލީހުގެ ޖަލްސާގައި އިންނަވަނިކޮށެވެ. ބައެއް މީޑިޔާ ތަކަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޝިޔާމަށް ސްޓްރޯކެއް ޖެހުނު ކަމަށް ވާހަކަ ދެކެވުނަސް އެއީ ދޮގު ވާހަކައެއް ކަމަށެވެ.

ޝިޔާމް ހޮސްޕިޓަލަށް ގެންދިޔައީ ވަރަށް ގަދައަށް ހުން އައިސްގެން ކަމަށް ހީނާ ވިދާޅުވި އެވެ. އަދި މިހާރު ޝިޔާމްގެ ހާލުކޮޅު ރަނގަޅު ކަމަށާއި، އެކަމަކު އަދި އޮންނެވީ ހޮސްޕިޓަލްގައި ކަމަށް ހީނާ ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވިދާޅުވީ އެކަނިމާއެކަނި ޝިޔާމް މަޖިލީހުގެ ކުޑަދޮށުގައި އިންނަވަނިކޮށް ފެނިވަޑައިގަތީ ތުރުތުރު އަޅަން ފެށިތަންކަމަށެވެ. އެހެންވެ އަވަހަށް ހޮސްޕިޓަލަށް ގެންދިޔައީކަމަށް މެމްބަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން