ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު އައްޔަން ކުރަންޖެހޭ ދެ މެންބަރެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
މި ނަންތައް މަޖިލީހަށް ފޮނުއްވާފައިވަނީ އެލްޖީއޭ ބޯޑުގެ ތިން މެންބަރެއްގެ ދައުރު މި ސެޕްޓެމްބަރު މަހުގެ ތެރޭގައި ހަމަވާތީ، އެ މަގާމުތަކަށް ކުރިމަތިލުމަށް މިދިޔަ ޖުލައި މަހު ރައީސް އޮފީހުން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިންނެވެ.
ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވަނީ މިންތީގެ ހަމަހަމަކަމުގެ ދާއިރާއިން އަންހެން މެންބަރަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އައްޔަންކުރަށްވާ މެންބަރެއްގެ ނަމެވެ. އެގޮތުން:
މިންތީގެ ހަމަހަމަކަން (ޖެންޑަރ އިކުއަލިޓީ) ދާއިރާއިން: އާއިޝަތު އާރިފާ، ތިބުރޯޒުގެ، ގދ. ގައްދޫ.
ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން: މުޙައްމަދު އާރިފް، ރަތްވިލާގެ، ށ. ކަނޑިތީމު.
އެލްޖީއޭގެ ބޯޑަކީ ޖުމްލަ ނުވަ މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބޯޑެކެވެ. މި ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރަކާއި، ޖެންޑަރ އިކުއަލިޓީ ދާއިރާގެ މެންބަރަކާއި، ގަވަރނަންސް ދާއިރާގެ މެންބަރަކާއި، މަދަނީ ޖަމްޢިއްޔާތަކުގެ މެންބަރެއްގެ އިތުރުން، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ މެންބަރުންނެވެ. މީގެ އިތުރުން މާލީ ވުޒާރާގެ މުވައްޒަފަކާއި އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ވެސް މި ބޯޑުގައި ހިމެނިވަޑައިގަންނަވައެވެ.
މި ދެ ދާއިރާގެ އިތުރުން މަދަނީ ޖަމްޢިއްޔާތަކުގެ މެންބަރެއްގެ ގޮތުގައި އައްޔަންކުރާނެ ބޭފުޅަކު ހޯދުމަށްވެސް ރައީސް އޮފީހުން ކުރިން ހުޅުވާލާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި މި ނަންތައް އިތުރަށް ދިރާސާކުރުމަށްޓަކައި، މަޖިލީހުގެ ރިޔާސަތުން މިހާރު ވަނީ ކަމާގުޅޭ ކޮމިޓީއަށް ފޮނުއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު