ޒަހީނުއްދީން ސަޢީދު   27 އޮކްޓޯބަރު 2020 - 18:7
އީސީ އިން ވަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފަ
އީސީ އިން ވަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފަ
"ނޭޝަނަލް ޑިމޮކްރެޓިކް ކޮންގްރެސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ހުއްދަ ދެއްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި ޓުވީޓެެއްގައި ބުނެފައިވަނީ އެ ޕާޓީ އުފެއްދުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމުގެ ހުއްދަ މިއަދު ދީފައިވާ ކަމަށެވެ. އެ ހުއްދަ ދީފައިވަނީ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ ކުރީގެ ރައީސް ޔޫސުފް މާނިއު މުހައްމަދަށެވެ.

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް އިން ދިނުމުން ޕާޓީ ރަޖިސްޓްރީ ކޮށްދޭނީ މަދުވެގެން 3،000 މީހުންގެ ސޮޔާ އެކު ހުށަހެޅުމުންނެވެ. އަދި ދައުލަތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ލިބޭނީ 10،000 މީހުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ.

ރާއްޖޭގައި މި ވަގުތު ރަޖިސްޓްރީކޮށްގެން ހިންގަނީ 10 ސިޔާސީ ޕާޓީއެކެވެ. އެއީ ޕީޕީއެމާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ޑީއާރުޕީ އާއި އެމްޑީއޭ އާއި އެމްޓީޑީގެ އިތުރުން ޕީއެންސީ އާއި އެމްއެލްއެސްޑީޕީގެ އިތުރުން އެންމެ ފަހުން ރަޖިސްޓްރީ ކުރި އެމްއާރްއެމް އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން